ޚަބަރު

އެއް އަހަރުވުމުން ހަދަންޖެހޭ އިންސްޕެކްޝަނަށް ބްރިޖްގެ ލޭން ބަންދުކުރަނީ


މާލެ ސިނަމާލެ ބުރިޖަށް އެއް އަހަރު ވުމާއި ގުޅިގެން ބްރިޖުގެ އެނުއަލް އިންސްޕެކްޝަންތައް ހެދުމަށް ބްރިޖުގެ ބައެއް ލޭންތައް ވަކި ވަގުތުތަކެއްގައި ބަންދުކުރަން ނިންމައިފިއެވެ.

ޓްރާންސްޕޯޓް އޮތޯރިޓީން ނެރުނު އިއުލާންގައި ބުނެފައިވަނީ ބުރިޖަށް އެއްއަހަރުވުމުން އަހަރަކު އެއްފަހަރު ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ބްރިޖުގެ މާލެއިން ހުޅުލެއަށް ދާ 2 ލޭން ބަންދުކުރުމަށް ނިންމާފައިވާކަމަށެވެ. އަދި މި ލޭންތައް ބަންދުކުރާ ވަގުތުތަކުގައި ހުޅުލެއިން މާލެ އަންނަ ގޮތަށް ދުއްވަމުން އަންނަ ލޭން ދެކޮޅަށް ދުއްވާގޮތަށް ބަދަލުކޮށް ހުރިހާ އުޅަނދެއްވެސް މި ލޭނުން ދުއްވާ ގޮތަށް ހަމަޖައްސާފައިވާކަމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން ވިދާޅުވެއެވެ.

ލޭންތައް ބަންދުކުރާ ދުވަސްތަކާއި ވަގުތުތައް

- 30 އޮގަސްޓް ( ހުކުރުދުވަސް ) ހެނދުނު 08:00 އިން މެންދުރު 14:00 އަށް
- 31 އޮގަސްޓް ( ހޮނިހިރުދުވަސް ) ހެނދުނު 08:00 އިން މެންދުރު 14:00 އަށް
- 06 ސެޕްޓެމްބަރ ( ހުކުރުދުވަސް ) ހެނދުނު 08:00 އިން މެންދުރު 14:00 އަށް

ބްރިޖުގެ ލޭންތައް ބަންދުކުރާ ވަގުތުތަކުގައި ޓްރެފިކް ޕޮލިހުން ބުރިޖްގެ މަތީގައި ހަރަކާތްތެރިވާނެކަމަށާއި ފުލުހުން ދޭ އިރުޝާދުތަަކަށް ވެހިކަލް ދުއްވާ ފަރާތްތަކުން ސަމާލުކަން ދިނުމަށްވެސް ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސްކުރައްވައެވެ.