ރާއްޖެއަށް މިހާރުކުރަމުންދާ ވިއްސާރާގައި ވ ފެލިދޫއަށް އެރި ކޮޅިގަނޑެއްގައި ގެއެއް ފުރާޅު އެއްލާލާއި ބައެއް ގެއްލުންތައް ލިބިއްޖެއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު 08:30 ކަންހާއިރު ގަދަ ވަޔާއި ވިއްސާރަ އާއި އެކު އައި ކޮޅިގަނޑުގައި ގެެއްގެ ފުރާޅު އެއްލާލާފައިވާކަމަށެވެ. އަދި އެހެން ގެއެއްގެ ފުރާޅަށް އެކިވަރުގެ ގެއްލުންވެ ބަނބުކެޔޮ 2 ގަހެއް މުލުން ލުހި ވެއްޓިފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ ފުރާޅު އެއްލާލި ގޭގައި އަލުން ޓިނު ޖެހުމުގެ މަސައްކަތް ރަށު ކައުންސިލާއި އާއްމު ރައްޔިތުންނާ ފުލުހުން ގުޅިގެން ކުރަމުންދާކަމަށެވެ.
ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރާގައި މިއަދު މުޅި ރާއްޖެއަށްވެސް މޫސުން ގޯސްވެ، ކުރިއަށް އޮތް 24 ގަޑިއިރުވެސް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭތީ މޫސުމަށް ސަމާލުވުމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އޮފީހުން ވަނީ އިލްތިމާސްކުރައްވައިފައެވެ.
މެޓް އޮފީހުން ވިދާޅުވެފައިވަނީ މިއަދު ކުރިއަށް އޮތް ވަގުތުތަކުގައިވެސް މުޅިރާއްޖެއަށް މޫސުން ގޯސްވާނެކަމަށް ލަފާކުރެވޭކަމަށާ، އެންމެހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަކީ މުހިންމު ކަމެއްކަމަށެވެ.
ރާއްޖޭގެ ހުރިހާ ހިސާބުތަކަށްވެސް ބޯކޮށް ވާރޭވެހި ވައިވެސް ގަދަވާނެކަމަށް މެޓް އޮފީހުން ލަފާކުރައްވައެވެ. އެގޮތުން ގަޑިއަކު 8 މޭލާއި 18 މޭލާއި ދެމެދު ވައި ގަދަނާވެނެކަމަށް ލަފާކުރައްވާފައިވާއިރު، ވިލާގަނޑުގައި 45 މޭލާއި 50 މޭލާ ދެމެދުގެ ބާރުމިނެއްގައި ވައިގަދަވާނެކަމަށް އެއޮފީހުން ލަފާކުރައްވައެވެ.
މޫސުން ގޯސްވެ ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ ހއ އާއި ރ އަތޮޅާއި ދެމެދު މިއަދު 11:30 ފެށިގެން މެންދުރު 14:30ގެ ނިޔަލަށް ވަނީ ޔެލޯ އެލާޓްވެސް ވަނީ ނެރެފައެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ހުއްޓާ ނުލާ ރޭ ދަންވަރު 12 އިން ފެށިގެން ހެދުނުގެ ނިޔަލަށް މާލެއަށް 64.5 މިލިމީޓަރުގެ ވާރޭ ވެހިފައިވާކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
މާލެއަށް ރޭ ދަންވަރު ބޯކޮށް ވާރޭ ވެހި މާލޭގެ މަގުތަކުގައި ފެންބޮޑުވުމުން އެމްއެންޑީއެފުން ވަނީ ފެން ހިއްކުމުގައި ހަރަކާތްތެރިވެފައެވެ.
ފެންބޮޑުވުމުގެ އިތުރަށް، ބާރު ވަޔާ އެކު އައި ކޮޅިގަނޑުގެ ސަބަބުން ފަރިދީ މަގުގައި ޑީބްލޫ މެރިން ފިހާރަ ހުންނަ ގޭގެ ބެލްކަނިން ބައެއް ވަނީ ވެއްޓިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ހުރި ވެހިކަލްތަކަށްވަނީ ގެއްލުންވެފައެވެ.
ފެންބޮޑުވުމުގެ އިތުރަށް، ބާރު ވަޔާ އެކު އައި ކޮޅިގަނޑުގެ ސަބަބުން ފަރިދީ މަގުގައި ޑީބްލޫ މެރިން ފިހާރަ ހުންނަ ގޭގެ ބެލްކަނިން ބައެއް ވަނީ ވެއްޓިފައެވެ. މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވެއެވެ. މާލޭގައި ފެންބޮޑުވުމުގެ ސަބަބުން ބައެއް ހިސާބުތަކުގައި ހުރި ވެހިކަލްތަކަށްވަނީ ގެއްލުންވެފައެވެ.