ޚަބަރު

ހޮންގްކޮންގްގައި ކުރަމުންދާ މުޒާހަރާތަކުގައި ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން 37 މީހުން ހައްޔަރުކޮށްފި


ހޮންގްކޮންގްގައި މިހާރު ސަރުކާރާ ދެކޮޅަށް ކުރަމުންދާ މުޒާހަރާތަކުގައި ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ތިރީސް ހަތް މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފިއެވެ. ހޮންގްކޮންގްގެ ފުލުހުން ބުނެފައިވަނީ ހަމަނުޖެހުންތަކުގެ ސަބަބުން ހައްޔަރުކޮށްފައިވާ މީހުންގެ ތެރޭގައި ގިނައީ ޒުވާނުންކަމަށާ އޭގެތެރޭގައި ބާރަ އަހަރުގެ ކުއްޖެއް ވެސް ހިމެނޭ ކަމަށެވެ.

ހޮންގްކޮންގްގައި މިއަހަރުގެ ކުރީކޮޅު މުޒާހަރާކުރަން ފެށީ އެރަށުގައި ޖިނާޢީ ކުށްކުރާ ފަރާތްތަކުގެ ޝަރީޢަތް ޗައިނާގައި ހިންގުމަށް ގޮވާލާ ބިލެއް ހޮންގްކޮންގްގެ ސަރުކާރުން ފާސްކުރުމަށް މަސައްކަތް ކުރުމާއެކުއެވެ. އެހެން ނަމަވެސް، ހޮންގްކޮންގްގެ ސަރުކާރުން މިބިލް އަނބުރާ ގެންދިޔަ ނަމަވެސް މުޒާހަރާތައް މިހާރު މިވަނީ ސަރުކާރާ ދެކޮޅަށްކުރާ މުޒާހަރާތަކަށްވެފައެވެ.

ހޮންގްކޮންގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މުޒާހަރާ ކުރަމުންދާ ފަރާތްތަކުގެ ތެރޭގައި ހައްދުފަހަނައަޅާފައިވާ ބައެއް ފަރާތްތައްވެސް ހަރަކާތްތެރިވަމުންދާ ކަމަށާ މިފަރާތްތަކުން ޤަވާއިދާ ޚިލާފު އެކި ޢަމަލުތައް ހިންގަމުންދާކަމަށެވެ. އަދި މި ޢަމަލުތަކުގެ ސަބަބުން ހޮންގްކޮންގް މިހާރު މިވަނީ ނާޒުކު ޙާލަތަކަށް ވެއްޓިފައިކަމަށްވެސް ހޮންގްކޮންގް ސަރުކާރުން ނެރުނު ބަޔާނެއްގައިވަނީ ބުނެފައެވެ.

ހޮންގްކޮންގްގެ ފުލުހުން ބުނެފައިވަނީ އާދިއްތަ ދުވަހު ހިންގި ހަމަނުޖެހުންތަކުގެ ސަބަބުން ތިރީސް ހަތް މީހުން ހައްޔަރުކޮށްފައިވާއިރު މީގެ ތެރޭގައި ހިމެނެނީ 29 ފިރިހެނުންނާ 7 އަންހެނުންކަމަށެވެ