ޚަބަރު

ޗީފް އޮފް ޑިފެންސް ފޯސް ތައިލެންޑަށާއި ސްރީލަންކާއަށް ފުރާވަޑައިގެންފި


ދިފާޢީ ދާއިރާއާއި ގުޅުންހުރި ކޮންފަރެންސަކާއި ސެމިނާއެއްގައި ބައިވެރިވެވަޑައިގަތުމަށް ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލް، ތައިލެންޑަށާއި ސްރީލަންކާއަށް ފުރާވަޑައިގަންނަވައިފިއެވެ.

މި ދަތުރުފުޅުގައި ޗީފް އޮފް ޑިފެންސް ފޯސް، ފުރަތަމަ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހު 26 ން 28 އަށް ތައިލެންޑުގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ އެނުއަލް ޗީފް އޮފް ޑިފެންސް ކޮންފަރެންސް" ގައި ބައިވެރިވެ ވަޑައިގަތުމަށެވެ. އެއަށްފަހު މިމަހު 29 އިން 30 އަށް ސްރީލަންކާގެ ކޮލޮމްބޯގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ "ދަ ކޮލޮމްބޯ ޑިފެންސް ސެމިނަރ" ގައި ބައިވެރިވެވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ޗީފް އޮފް ޑިފެންސް ފޯސް ރާއްޖެ ވަޑައިގަތުމަށް ހަމަޖެހިފައިވަނީ މިމަހު 31 ވަނަ ދުވަހުއެވެ.

ޗީފް އޮފް ޑިފެންސް ފޯސް ވަނީ މިއަހަރުގެ ޖުލައި މަހުވެސް އިންޑިއާގެ ޗެއަރމަން އޮފް ދަ ޗީފް އޮފް ސްޓާފް ކޮމެޓީގެ ދައުވަތަކަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައެވެ.