ކުޅިވަރު

ވޮލްވުސް ގެ އަމާޒު ޔުރޮޕާ ލީގަށް


އިޓަލީގެ ޓޮރީނޯ ބަލިކޮށް ވޮލްވުސްއިން ޔުރޮޕާލީގަށް ކޮލިފައިވުމުގެ އުންމީދު އާކޮއްފިއެވެ.

ފަރުތަމަ ފަހަރަށް ޔޫރަޕްގެ މުބާރާތަކަށް ކޮލިފައިވުުގެ އުންމީދު އެޓީމުން އާކުރީ ރޭ އިޓަލީގެ ޓުރިންގ ގައި ޓޮރީނޯއާ ވާދަކޮށް 3-2 ލަނޑުން މޮޅުވެގެންނެވެ.

މެޗަށްފަހު ވާހަކަދައްކަމުން ވުލްވޮސްގެ ކޯޗު ނޫނޯ ސަންޓޯސް ބުނީ އޭނާގެ ޓީމު ކުޅުނީ ވަރަށްމޮޅު ޓީމަކާ ދެކޮޅަށްކަމަށާ، އެފަދަ ޓީމާ ދެކޮޅަށް އޭނާގެ ޓީމުން މޮޅަށް ކުޅެފަވާކަމަށެވެ. އަދި ޓީމުން ދެއްކި ކުޅުމާމެދު ހިތްހަމަ ޖެހޭ ކަމަށް ނޫނޯ ބުންޏެވެ.

ހުސްވި ސީޒަނުގައި އިނގިރޭސި ލީގުގެ ހަތް ވަނައިގަ އޮވެގެން ނިންމާލި ވުލްވެސްއިން ވަނީ ޖުލައިމަހުގެ ފަހުކޮޅު ޔޫރޮޕާލީގުގެ ކޮލައިފައިން މެޗުތައް ފަށާފައެވެ. އެގޮތުން އެޓީމުންވަނީ ވެތުވެދިޔަ 29 ދުވަހުގެތެރޭގައި 7 މެޗު ކުޅެފައެވެ. އޭގެތެރޭގައި ލީގުގަ މެންޗެސްޓަރ ޔުނައިޓެޑާ އެކު 1-1އިން އެއްވަރުވި މެޗުވެސް ހިމެނެއެވެ. މިދެޓީމު ވަދާކުރާ ފަހު ލެގް ވޮލްވުސްގެ އަމިއްލަ ދަނޑުގަ ނުކުންނާނީ އަންނަ ބުރާސްފަތިދުވަހުއެވެ.

ޔޫރަޕުގެ މުބާރާތެއްގައި ކުޅުމާ، އެންމެގާތަށްވެސް މީގެ ކުރިން ވޮލްވުސް ދިޔައީ 1980ވަނަ އަހަރުއެވެ. އެފަހަރު ފުރުސަތު ގެއްލުނީ ދެވަނަ ލެގުން ބަލިވުމުންނެވެ.