ވިޔަފާރި

އުރީދޫއިން ނޯޓް 10 އަދި ނޯޓް 10 ޕްލަސްގެ ޕްރީ އޯޑަރއަށް ހުޅުވާލައިފި


ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ފޯނުތަކަށް ޕްރީއޯޑަރ ކުރުމުގެ ފުރުޞަތު އުރީދޫ މޯލްޑިވްސްއިން ހުޅުވާލައިފިއެވެ.

އުރީދޫ މޯލްޑިވްސްއިން ބުނީ ސެމްސަންގުގެ އެންމެ ފަހުގެ ގެލެކްސީ ނޯޓް 10 ސީރީޒްގެ ސްމާޓްފޯނުތައް ޕްރީއޯޑަރ ކުރުމަށް ރާއްޖޭގައި ހުޅުވާލާފައިވާއިރު، ކަސްޓަމަރުންނަށް ފޯނު ބައްލަވައިގަތުން ފަސޭހަކޮށްދޭ ޚާއްޞަ ޕްލޭންތަކެއްވެސް ތައާރަފްކޮށްފައިވާކަމަށެވެ. އެގޮތުން ޑައުންޕޭމަންޓުގެ ގޮތުގައި ކުޑަ އަދަދެއް ދައްކައިގެން، 12 މަސް ދުވަހަށް ބަހާލައިގެން ފޯނުގެ އަގު ދެއްކޭނެ ޕެކޭޖްތައް ތަޢާރަފްކޮށްފައިވާކަމަށް އުރީދޫއިން ބުނެއެވެ. މީގެ އިތުރުން ފުލް ޕޭމަންޓް ދައްކާނަމަ، ނޯޓް 10 ފޯނެއް 15899 ރުފިޔާއަށް އަދި ނޯޓް ޓެން ޕްލަސް ފޯނު 18399 ރުފިޔާއަށް ލިބޭނެކަމަށް އުރީދޫއިން ބުނެއެވެ.

އުރީދޫއިން ބުނީ ސެމްސަންގ ގެލެކްސީ ނޯޓް 10 އަދި ނޯޓް 10 ޕްލަސް ފޯނަށް ޕްރީ އޯޑަރ ކުރަން ބޭނުންވާ ފަރާތްތަކަށް އުރީދޫގެ ވެބްސައިޓަށް ޒިޔާރަތްކުރުމުން ޕްރީ އޯޑަރ ކުރެވޭނެކަމަށެވެ.