ސިޔާސީ

ރައީސް ޔާމީންގެ ޝަރީއަތުގެ އަޑުއެހުން ފަށައިފި


ކުރީގެ ރަައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުން ފަށައިފިއެވެ. މިއަދުގެ އަޑުއެހުމުގައި ކުރިއަށްދަނީ ހެކިންގެ ހެކިބަސް ނެގުމެވެ.

މިއަދުގެ ޝަރީއަތް ފަށާފައިވަނީ 10:06ހާއިރުއެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގެ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބް ވަނީ ހެކިބަސް ދީފައެވެ.

ޔާމީނާދެކޮޅަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ތެރޭގައި އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީއާއި އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަދި އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތުއާއި ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒްއާއި ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފް ހިމެނެއެވެ. މީގެ ތެރެއިން އޭސީސީގެ ކުރީގެ ރައީސް ޙަސަން ލުޠުފީ ވަނީ ހެކިބަސް ދޭން ބޭނުންފުޅު ނުވާކަމަށް ވިދާލުވެފައެވެ. އޭނާ މިވަގުތު ހުންނެވީ މެލޭޝިއާގައެވެ.