ވިޔަފާރި

ފުރަތަމަ 2 ދުވަހު ބީޓުބީ ނައިޓް މާކެޓަށް 1000 އަށްވުރެ ގިނަ މީހުން


"ޢީދު ސޭލް ފެސްޓިވަލް ނައިޓްމާކެޓް"އަށް ބޮޑު ތަރުޙީބެއް ލިބި ފުރަތަމަ ދެދުވަހުވެސް ހާހެއްހާ މީހުން މި މާކެޓަށް ޒިޔާރާތްކޮށްފައިވާކަމަށް މިނައިޓް މާކެޓް އިންތިޒާމްކުރާ ފަރާތުން ބުނެފިއެވެ.

ބީޓުބީ މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ "ޢީދު ސޭލް ފެސްޓިވަލް ނައިޓްމާކެޓް" ފަށާފައިވަނީ މިމަހުގެ 15 ވަނަ ދުވަހު ހުޅުމާލޭގައެވެ. މި ނައިޓްމާކެޓާއި ބެހޭގޮތުން މަޢުލޫމާތުދެއްވަމުން ބީޓުބީ މޯލްޑިވްސްގެ މާކެޓިންގ މެނޭޖަރ ރާއިގް އަލީ ވިދާޅުވީ ބީޓުބީ މާކެޓް ވަރަށް ކާމިޔާބުކަމަށާއި ފުރަތަމަ ދެދުވަހުވެސް ހާހެއްހާ މީހުން މާކެޓަށް ޒިޔާރާތްކުރިކަމަށެވެ. އަދި ކުރިޔަށްއޮތް ދުވަސްތަކުގައިވެސް މާކެޓަށް ގިނަ ކަސްޓަމަރުން އަންނާނެކަމަށް ލަފާކުރެވޭކަމަށް އޭނާ ވިދާޅުވިއެވެ.

ބީޓުބީ މާކެޓަކީ އަޟުހާ ޢީދާއި ދިމާކޮށް ހެޔޮ އަގެއްގައި އާންމުންނަށް މުދާ ގަތުމުގެ ފުރުސަތު ހުޅުވާލުމަށް ބީޓުބީ މޯލްޑިވްސްއިން ކުރިއަށްގެންދާ ނައިޓްމާކެޓެކެވެ.

ބީޓުބީގެ އީދުސޭލް ފެސްޓިވަލް ނައިޓްމާކެޓް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 15 އިން 21ގެ ނިޔަލަށެވެ. މި ނައިޓްމާކެޓް ކުރިއަށްދާނީ ހުޅުމާލޭ ރުއްގަނޑު 2، ސަރަހައްދުގައި ހަވީރު ފަހަކުން ރޭގަނޑު ބާރައަށެވެ.

މި މާކެޓުގައި 100 ސްޓޯލް ބެހެއްޓުމަށް ކުންފުނިން ނިންމާފައިވާއިރު މިހާރު މާކެޓްގައި ބަހައްޓާފައިވަނީ 60 ސްޓޯލްއެވެ. އެއާއެކު އަދިވެސް ސްޓޯލްތައް ގަތުމުގެ ފުރުސަތު އާންމުކޮށް ހުޅުވާލާފައިވާކަމަށް ބީޓުބީން މަޢުލޫމާތުދެއެވެ. ބީޓުބީން ބުނީ ސްޓޯލް ގަތުމަށް ބީޓުބީގެ ވެބްސައިޓުންނާއި ހޮޓްލައިނުން މަޢުލޫމާތު ލިބޭނެކަމަށެވެ.

ބީޓުބީ މޯލްޑިވްސްއަކީ ސަޕްލައި ޑޮޓް އެމްވީގެ ނަމުގައި ވަކިއުސޫލުތަކެއްގެ ދަށުން ވިޔަފާރިތަކާއި ސަޕްލަޔަރުން ރަޖިސްޓްރީ ކޮށްގެން ހިންގާ ކުންފުންޏެކެވެ.