ޚަބަރު

ރައީސުލްޖުމްހޫރިއްޔާ ދިވެހި ޙައްޖާޖީންގެ ހާލު ބައްލަވައިލައްވައިފި



މިއަހަރު ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ރާއްޖެއިން ދިޔަ ޙައްޖާޖީންގެ ޙާލު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ބައްލަވާލައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއިން ޙައްޖަށް ގޮސްތިބި އެންމެހައި ޙައްޖާޖީންގެ ގްރޫޕްތަކާއި ފޯނުން ގުޅުއްވައި ޙައްޖުވެރިންގެ ޙާލު ބައްލަވައިލައްވާލައްވާފައެވެ. އަދި ހުރިހާ ޙައްޖުވެރިންނަށް މަބްރޫރު ޙައްޖަކަށް އެދިވަޑައިގެން ޙައްޖު ދުވަހުގެ ހެޔޮއެދުންތައްވެސް ރައީސް ވަނީ ފޮނުއްވާފައެެވެ.

މިއަހަރު ރާއްޖެއިން 2000 މީހުން ޙައްޖުގެ މަތިވެރި އަޅުކަން އަދަކުރުމަށް ގޮސްފައިވާއިރު، ދިވެހި ހުރިހާ ޙައްޖުވެރިންގެ ހާލުވެސް ރަނގަޅުކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވެއެވެ.