ކުޅިވަރު

ޕްރިޒަން ކުލަބުގެ ފުޓްބޯޅަ މުބާރާތުގެ ތަށި މާފުށި ޕްރިޒަން އިން ދިފާޢުކޮށްފި


ޕްރިޒަން ރެކްރިއޭޝަން ކުލަބު ފުޓްބޯޅަ މުބާރާތުގެ ތަށި މަފުށި ޕްރިޒަން އިން ދިފާއުކޮށްފިއެވެ.

މޯލްޑިވިސް ކަރެކްޝެނަލް ސާވިސްގެ ޕްރިޒަން ކުލަބުން އިންތިޒާމުކޮށްގެން ކުރިޔަށްގެންދިޔަ ޕްރިޒަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ދެވަނަ ފަހަރަށް މާފުށި ޕްރިޒަން ހޯދީ މިއަދު ކުޅުނު ފައިނަލު މެޗުގައި ޓީމް އެޗްކިއުއާ ވާދަކޮށް 1-0 ލަނޑު މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ހަމައެކަނި ލަނޑު މާފުށި ޕްރިޒަންއިން ކާމިޔާބުކުރީ ދެވަނަ ހާފްގައި ލިބުނު ޕެނެލްޓީއަކުން.ނެވެ މުބާރާތުގެ ތަށި މާފުށި ޕްރިޒަންއިން ދިފާއު ކުރިއިރު ޓީމް އެޗުކިއުން ވަނީ ލީގު އުސޫލުން ކުރިޔަށް ދިޔަ ބުރުގައި ކުރި ހޯދާ ލީގު ޗެމްޕިއަންކަން ހޯދާފައެވެ.

މެޗަށްފަހު ވަނީ މުބާރާތުގެ އެކި ވަނަތައް ލިބުނު ކުޅުންތެރިންނަށް ތައްޓާ މެޑަލް ދީފައެވެ. މުބާރާތުގެ އެންމެމޮޅު ފޯވާޑަކަށް ހޮވުނީ އީއެސްޖީގެ އަހުމަދު ސާމިންއެވެ. އެންމެ މޮޅު މިޑްފީލްޑަރަކަށް ހޮވުނީ މާފުށި ޕްރިޒަންގެ އަހުމަދު ނައުފަލްއެވެ. އެންމެ މޮޅު ކީޕަރަކީ އެޗްކިއުގެ އިސްމާއިލް ޝިހާމްއެވެ. ފެއަރ ޕްލޭކުޅުންތެރިޔަކަށް ހޮވުނީ އެ ކުލަބުގެ އާދަމް ނަސީރުއެވެ.

އެންމެ އުންމީދީ ކުޅުންތެރިޔަކީ މާފުށި ޕްރިޒަންގެ މުހަންމަދު އައިމަންއެވެ. އެންމެ މޮޅު ކޯޗަކީ އެޗްކިއުގެ އާތިފް މުހައްމަދެވެ. އެންމެ ގިނަ ގޯލްޖެހި ކުޅުންތެރިޔަކަށް ހޮވުނީ އެސްޖީގެ މުހަންމަދު އަލީއެވެ. ފެއަރ ޕްލޭ ޓީމަކީ އައްސޭރި ޕްރިޒަންއެވެ. ހުރިހާ ގޮތަކުން އެންމެ މޮޅުކުޅުންތެރިޔަކީ އެޗްކިއުގެ މޫސާ ހަސަންފުޅެވެ.

މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތަށްފަހު ޕްރިޒަން ކުލަބްގެ ރައީސް ސީޕީއޯ އަބްދުލް ޣަނީ ވިދާޅުވީ މުބާރާތަކީ މުވައްޒަފުންގެ ފިޓްނަސް ރަނގަޅުވުމުގެ ބާރަކަށް ވާނެކަމަށާއި މުބާރާތުގެ ސަބަބުން މުވައްޒަފުންގެ ގުޅުންބަދަހިވެގެން ހިނގައްޖެކަމަށެވެ.