ވިޔަފާރި

އިއްތިހާދު އެއަރވޭސްގެ ޑްރީމްލައިނާގެ ދަތުރުތައް ރާއްޖެއަށް ފަށަނީ


އިއްތިހާދު އެއަރވޭސުން ރާއްޖެއަށް ކުރާ ދަތުރުތަކުގައި ބޮއިންގ 787 ޑްރީމްލައިނާ މަރުކައިގެ މަތިންދާ ބޯޓުތައް ބޭނުންކުރަން ނިންމައިފިއެވެ.

އިއްތިހާދު އެއަރވޭސްގެ ޑްރީމްލައިނަރގެ ދަތުރުތައް ރާއްޖެއަށް ފަށާފައިވާއިރު، މިއަހަރުގެ އޮކްޓޫބަރުމަހުގެ 27 ވަނަ ދުވަހުން ފެށިގެން އަންނަ އަހަރުގެ އޭޕްރީލްމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް އަބޫދާބީން މާލެއަށް ކުރާ ދަތުރުތަކުގައި ބޮއިންގ 787 ޑްރީމްލައިނާ މަރުކައިގެ މަތިންދާ ބޯޓުތައް ބޭނުންކުރުމަށް އިއްތިހާދު އެއަރވޭސުން ވަނީ ނިންމާފައެވެ.

299 މީހުންގެ ޖާގައިގެ ބޮއިންގ 787 ޑްރީމްލައިނާގައި ދެ ފަންތިއެއްގެ ސީޓު ހުރެއެވެ. އެއީ 28 ބިޒްނަސް ކްލާސް ސީޓާއި އިކޮނޮމީ ކްލާހުގެ 271 ސީޓެވެ.

އިއްތިހާދު އެއަރވޭސްއިން ރާއްޖެއަށް ދަތުރުތައް ފަށާފައިވަނީ 2011 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތެރޭގައެވެ. އަދި އެއެއަރލައިނުން ދަނީ އަބޫދާބީ އާއި މާލެއާއި ދެމެދު ހަފްތާއަކު އެގާރަ ދަތުރުކުރަމުންނެވެ.