ވިޔަފާރި

ސިޓީ އިންވެސްޓްމަންޓުން "ސޫކް" ސުޕަ މާކެޓް ހުޅުވައިފި


ސިޓީ އިންވެސްޓްމެންޓްސްގެ އާ ސުޕަ މާރކެޓް "ސޫކް" ހުޅުވައިފިއެވެ.

އޯކިޑް މަގުގަ ހުންނަ މި ސުޕަ މާކެޓް ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރ ޝިފާ މުހައްމަދުއެވެ.

ސިޓީ އިންވެސްޓްމަންޓުން މަޢުލޫމާތުދޭ ގޮތުގައި މިއީ ރާއްޖޭގެ އެންމެ ފުރަތަމަ އިންސްޓޯ ބޭކިން ސްޓޭޝަން އެންޑް ޑައިނިންއާ އެކު ހުޅުވި ފުރަތަމަ ސުޕަ މާކެޓެވެ.

ދުނިޔޭގެ މަޝްހޫރު ބްރޭންޑްތައް ކަމަށްވާ ޑާރބޯ، ފެންޓިމެން، ޕްރެގެލް، އަދި ކޮންޕަލް ޖޫސްތަކާއެކު ހުޅުވާފައިވާ ސުޕަ މާކެޓް އިން ސިޓީ އިންވެސްޓްމެންޓްސްގެ އުފެއްދުންތައްވެސް ލިބެން ހުންނާނެކަމަށް އެކުންފުނިން ބުނެއެވެ.

ސިޓީ އިންވެސްޓްމެންޓްސްއިން ބުނީ އެންމެ ބޮޑު އިސްކަމެއް ދޭނީ އެތަނުން ލިބެން ހުންނަ ތަކެތީގެ ކޮލިޓީ އެއް ހަމައެއްގައި ހިފަހައްޓައި، ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށެވެ.

2005 ވަނަ އަހަރު އުފެދުނު ސިޓީ އިންވެސްޓްމަންޓް ނުވަތަ ކުރީގެ ސިޓީ ބޭކަރީއަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ރެސްޓޯރެންޓް، ކެފޭ، ބޭކަރީ އަދި ތަފާތު އެކި ވައްތަރުގެ ފެންވަރު ރަނގަޅު ކާބޯތަކެތީގެ ބާވަތްތައް ހޯލްސޭލްކޮށް އަދި ރީޓެއިލްކޮށް ވިއްކަމުންދާ ކުންފުންޏެކެވެ.