ވިޔަފާރި

ޢީދު ތެރޭގައި އެސްޓީއޯ ސުޕަމާޓް 3 ދުވަހަށް ބަންދުވާނެ


އަޟްޙާ ޢީދުގެ މުނާސަބަތުގައި އަންނަ ހޮނިހިރު ދުވަހުން ފެށިގެން ހޯމަ ދުވަހަށް އެސްޓީއޯ ސުޕަމާޓް ބަންދުވާނެކަމަށް އެސްޓީއޯއިން ހާމަކޮށްފިއެވެ.

އެސްޓީއޯއިން ބުނީ އަޟްޙާ ޢީދުގެ މުނާސަބަތުގައި ތިން ދުވަހުގެ މުއްދަތަކަށް ސުޕަމާޓްގެ ރީޓެއިލް އަދި ހޯލްސޭލް ވިިޔަފާރި ބަންދުވާނެ ކަމަށެވެ. އަދި ތިންދުވަހުގެ ބަންދަކަށް ފަހު ވިޔަފާރި ދެން ހުޅުވޭނީ އަންގާރަ ދުވަހު ހެނދުނު 8:30 ގައިކަމަށް އެސްްޓީއޯއިން ބުނެއެވެ.

އެސްޓީއޯ ސުޕަމާޓަކީ ކޮންމެ ދުވަހަކުވެސް ގިނަ އަދަދެއްގެ ބަޔަކު ވިޔަފާރި ކުރަންދާ ތަނެކެވެ. އެގޮތުން ކޮންމެ ދުވަހަކު އެސްޓީއޯ ސުޕަމާޓްތަކަށް 4500 އާއި 5500 ދެމެދުގެ އަދަދަކަށް މީހުން ޒިޔާރަތަކުރާކަމަށް އެސްޓީއޯއިން ބުނެއެވެ.