ޚަބަރު

އޮލިމްޕަހުގައި "ލީނާ"ގެ ފަހުގެ ޝޯތައް މިމަހުގެ 6 އިން 8 އަށް!


މިދިޔަ މަހުގެ 23 ވަނަ ދުވަހު ބެލުންތެރިންނާ ހަމަޔަށް ގެނެސްދިން ދިވެހި ފިލްމު "ލިނާ"ގެ ވަދާޢީ ޝޯ ތައް ދައްކަން ތައްޔާރު ވެއްޖެއެވެ.
މިއަދުން ފެށިގެން މިމަހުގެ 8 އަށް މި މިފިލްމުގެ ވަދާޢީ ޝޯތައް ދަށްކަން ހަމަޖެހިފައި ވާއިރު މިހާރު ވެސް މި ފިލްމްގެ ޝޯތަށް އޮލިމްޕަހުގައި ކާމިޔާބު ކަމާއެކު ދަށްކަމުން ދެއެވެ.

މި ފިލްމަކީ ދިވެހި ވިޔަފާރި ވެރިންގެ ޤައުމީ ޖަމްޢިއްޔާގެ ތެރޭގައި ރަޙުމް ކުޑަ ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު އެތަނުގެ މުއައްޒަފެއް ކަމަށްވާ ޢަޒްލީނާ ނަފީސްގެ މަރުގެ ޙާދިސާގެ މައްޗަށް ބިނާކޮށް ތައްޔާރު ކޮށްފައިވާ ފިލްމެކެވެ.
ފިލްމުގައި މުޖުތަމައުގައި ހިނގާ ތަފާތު މައްސަލަތަކުގެ އިތުރުން ހެއްވާ މަޖާ ކަންތައްތަކެއްވެސް ފެނިގެން ދެއެވެ.

ޕީއެސްއެމް ނިއުސް އަށް މަޢުލޫމާތު ދެމުން މި ފިލް ޑައިރެކްޓް ކޮށްފައިވާ ޢަބްދުﷲ މުޢާޒު (މުއާ) ބުނީ މި ފިލްމަށް ބެލުން ތެރިންގެ ބޮޑު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ. ކުރިއަށް އޮތް އަޟްޙާ ޢީދު ތެރޭގައިވެސް ރާއްޖޭގެ އެކި ކަންކޮޅު ތަކުގައި މިފިލްމު އެޅުވުމަށް ހަމަޖެހިފައި ވާކަމަށް މުޢާޒު ބުންޏެވެ. އަދި މި ފިލްމު ރަށްރަށުގައި އަޅުވަން ބޭނުންވާ ފަރާތް ތަކަށް އެފުރުޞަތު އެބަ އޮތްކަމަށް ވެސް އޭނާ ބުނި.

މި ފިލްމަށް ސޯޝަލް މީޑިއާގެ އެކިއެކި ޕްލެޓްފޯމް ތަކުގައި ތަފާތު ފާޑުކިޔުތުންތައް އަމާޒު ވެފަވާއިރު، ބައެއް ފަރާތް ތަކުން ދަނީ ފިލްމު ބޮއިކޮޓް ކުރަން ގޮވާލާފައެވެ. ނަމަވެސް މިފިލްމު މިހާރު މިވަނީ ކާމިޔާބު ޝޯތަކެއް އަޅުވައި ހިޓް ފިލްމެއްގެ ޓެގް ހޯދާފައެވެ.

މި ފިލްމުގެ ލީޑް ރޯލުން ފެނިގެން ދަނީ މަރިޔަމް ޢައްޒައާ، އަލީ ޢާޒިމް (ދޮން އައްޔަ) އެވެ. އަދި ވިލަންއެއް ގެ ގޮތުގައި ފެނިގެން ދަނީ ޢަބްދުﷲ މުޢާޒެވެ. މީގެ އިތުރުންވެސް އެތައް ހުނަރުވެރި ފަންނާނުންނެއް މި ފިލްމުން ފެނިގެންދެއެވެ