ޚަބަރު

އެޗްޑީސީގެ ބައެއް ޚިދުމަތްތައް "މައި ހުޅުމާލެ ޕޯޓަލް" މެދުވެރިކޮށް ދޭންފަށައިފި


ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން އެޗް.ޑީ.ސީގެ ބައެއް ޚިދުމަތްތައް އޮންލައިންކޮށް ހޯދޭނެހެން "މައި ހުޅުމާލެ ޕޯޓަލް"ގެ ނަމުގައި ޕޯޓަލްއެއް އެކޯޕަރޭޝަނުން ތަޢާރަފްކޮށްފިއެވެ.

މި ޕޯޓަލްއަކީ ހުލުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކުގައި ކަމާބެހޭ ފަރާތްތަކާއެކު ކުރިއަށްގެންދާ މުޢާމަލާތްތަކާއި މަޢުލޫމާތުތައް އެއްތަނަކުން ފަސޭހަކަމާއެކު ފޯރުކޮށްފިނުމަށް ތަޢާރަފްކޮށްފައިވާ ޕޯޓަލެކެވެ. "މައި ހުޅުމާލޭ ޕޯޓަލް" މެދުވެރިކޮށް އެޗްޑީސީން ފޯރުކޮށްދޭ މުނިސިޕަލް ޚިދުމަތްތަކަށްއެދިވެސް ހުށަހެޅެއެވެ. މީގެއިތުރުން ހުޅުމާލޭގެ އެކިއެކި ކަންކަމާގުޅިގެން ޢާއްމު ފަރާތްތަކުން ހުށައަޅަން ބޭނުންވާ ޝަކުވާތައް ނުވަތަ ކަންބޮޑުވުންތައްވެސް ހުށައެޅޭނެއެވެ.

މީގެއިތުން އެޗްޑީސީން އެދޭހުއްދަތައް ޕްރިންޓްކުރެވޭގޮތަށް ޑިޖިޓަލްކޮށް ލިބޭނެ. އަދި މިފަދަ ޚިދުމަތްތަކަށް އޮންލައިންކޮށް ފައިސާދެއްކޭނެ މަގުވެސް މިޕޯޓަލްގެތެރެއިން ފަހިވެފައިވެއެވެ.
އެޗްޑީސީން ހޯދާ ޚިދުމަތްތައް ކުރިއަށްދާ ގޮތުގެ ތަފްސީލް އޮންލައިންކޮށާއި އެސްއެމްއެސް މެދިވެރިކޮށް ބެލޭނެގޮތްވެސް ޕޯޓަލް ތެރެއިން ހަމަޖެހިފައިވެއެވެ.

މީގެއިތުރުން ހުޅުމާލެއާ ގުޅޭ ޢާއްމުމަޢުލޫމާތުތައްވެސް "މައި ހުޅުމާލެ ޕޯޓަލް" މެދިވެރިކޮށް ލިބެއެވެ. އޭގެތެރޭގައި ހުޅުމާލޭގެ ތަފްސީލީ ޗާޓު ހިމަނާފައިވާއިރު މި ޗާޓުން ހުޅުމާލޭގެ އެކި ތަންތަން ވަކިން ބަލާލެވޭނެއެވެ. އަދި މިޗާޓުގައި ސެންޓްރަލް ބަސް އަދި މާލެ-ހުޅުމާލެ ބަސް ރޫޓްތައްވެސް ހިމަނާފައިވެއެވެ. އެޗްޑީސީން ބުނެފައިވަނީ ކުރިއަށް އޮތް ތަނުގައި ޕޯޓަލަށް އިތުރު ޚިދުމަތްތައް އެއްކުރަމުން ދާނެކަމަށެވެ.

"މައި ހުޅުމަލެ ޕޯޓަލް" ތަޢާރަފްކޮށްފައިވަނީ އެޗްޑީސީން ބޭއްވި "މަންސަ - ވޮލިއުމް 1" ޓޯކް ޝޯރގެ ތެރެއިން މިމަގެ 1ވަނަ ދުވަހުއެވެ.