ޚަބަރު

ރައީސް ޔާމީންގެ ޝަރީޢަތް: ދައުލަތުން ހުށަހެޅި ހެއްކަށް ގިނަ ސުވާލުތަކެއް!


މަނީލޯންޑަރިންގެ މައްސަލާގައި ރައީސް ޔާމީނާއި ދެކޮޅަށް ދައުލަތުން ހުށަހެޅުއްވި އޭސީސީގެ ރައީސް މުއައްވިޒު ރަޝީދާއި ގިނަ ސުވާލުތަކެއް ކުރިމަތިކޮށްފިއެވެ.

ކުރީގެ ރަައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީންގެ ޢަބްދުލްޤައްޔޫމުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ދެވަނަ އަޑުއެހުން ކްރިމިނަލް ކޯޓުގައި މިއަދު އޮތީ ދައުލަތުން ޔާމީންއާއި ދެކޮޅަށް ހުށަހެޅުއްވި 8 ހެކިންގެ ތެރެއިން އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދާއި ސުވާލުކުރުމެވެ. އެމްއެމްޕީއާރުސީގެ މައްސަލަ ފާހަގަކުރެވުނީ ކިހާ ހިސާބެއްގައިތޯ ދައުލަތުން ސުވާލުކުރުމުން މުއައްވިޒު ވިދާޅުވީ އެ މައްސަލަ ބަލަންފެށީ 2015ވަނަ އަހަރުގެ ތެރޭގައި ކަމަށާއި، ތަހުގީގުކުރަމުންދިޔަ އިރު އެސްއޯއެފްގެ އެކައުންޓަށް ދައުލަތުގެ ފައިސާ ޖަމާވަމުންދިޔަ ކަމަށާއި، ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާވިކަން އެނގުނީ އެ ތަހުގީގު ތެރެއިން ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.

ޝަރީއަތުގައި ދައުވާ ލިބޭ ކުރީގެ ރައީސް ޔާމީންވެސް ވަނީ މުއައްވިޒާ ސުވާލުކޮށްފައެވެ. މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ފަރާތްޕުޅުން ކިތާބީ 2 ހެއްކަކާއި، ޝަފައީ ހެއްކެއް ވަނީ ހުށަހަޅާފައެވެ.

ޔާމީނާދެކޮޅަށް ހެކިވެރިއަކު ދައުލަތުން ހުށަހަޅާފައިވެއެވެ. މީގެތެރޭގައި ހިމެނެނީ އޭސީސީގެ ކުރީގެ ރައީސް ހަސަން ލުތުފީ އޭސީސީގެ ރައީސް މުއައްވިޒު ރަޝީދު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ކުރީގެ ޓްއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެމްއެމްޕީއާރުސީގެ ކުރީގެ އެމްޑީ، އަބްދުﷲ ޒިޔަތު ބީއެމްއެލްގެ ބޯޑް މެމްބަރު މުހައްމަދު ލުވެއިޒް ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު ޝަރީފެވެ.
މިއަދުގެ އަޑުއެހުމަކީ ޔާމީންގެ މައްޗަށް ކުރާ ދަޢުވާ ސާބިތުކުރުމަށް ދައުލަތުން ހުށަހަޅާފައިވާ ހެކިންގެ ހެކިބަސް ނެގުމަށް ބޭއްވި އަޑުއެހުމެކެވެ.