ވިޔަފާރި

ގަން އެއަރޕޯޓުގެ ފިއުލް ފާމް ތަރައްޤީކުރަން ހުޅުވާލައިފި


ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ފިއުލް ފާމް ތަރައްޤީކޮށް، ހިންގާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފިއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބުނީ ތިމާވެއްޓާ ރަށްޓެހި ގޮތަކަށް ފިއުލް ފާމް ތަރައްޤީކުރަން ހުޅުވާލާފައިވާއިރު، އެމަސައްކަތް ޙަވާލުކުރާނީ އެކަމުގެ ޤާބިލްކަމާއި ތަޖުރިބާ ހުރި ފަރާތަކަށްކަމަށެވެ. އެގޮތުން ފިއުލް ފާމް ހިންގަން ޝަޢުޤުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހަޅާއިރު، ފިއުލް ފާމް ހިންގުމުގައި ލިބިފައިވާ ތަޖުރިބާއާއި މާލީ ޤާބިލްކަން އެނގޭ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެކަމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.

މިމަހުގެ 4 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ހުޅުވާލާފައިވީނަމަވެސް، މިހާރު އެމުއްދަތު އިތުރުކުރަން ނިންމާފައިވާކަމަށް ގަން އިންޓަނޭޝަނަލް އެއަރޕޯޓުން ބުނެއެވެ.

ގަން އިންޓަނޭޝަނަލް އެއަރޕޯޓުގެ ފިއުލް ފާމް ތަރައްޤީކުރާނެ ފަރާތެއް ހޯދުމަށް އިޢުލާންކޮށްފައިވާއިރު، އެމަސައްކަތަކީ އެއަރޕޯޓު ތަރައްޤީކުރުމުގެ މަސައްކަތުގެ ތެރޭގައި ހިމެނޭ މަސައްކަތެވެ.