ޚަބަރު

"ޑްރީމް ގާރލް" ލޯބީގެ ތަފާތު ފިލްމެއް


"ޑްރީމް ގާލް" ގެ އިންތިޒާރުގައި ތިބި ބެލުންތެރިންނަން މިހާރު އޮތީ ކުޑަ ދުވަސް ކޮޅެކެވެ.

ސެޕްޓެންބަރު މަހުގެ 13 ވަނަ ދުވަހު މި ފިލްމުގެ ފުރަތަމަ ފެނިލުން ފެނިގެންދާއިރު މި ފިލްމުގެ ކާސްޓުން ނަކީ މިހަރު ފިލްމީ ދުނިޔެގައި ފިޔަޖަހަމުންދާ ތަރިންތަކެކެވެ.
އެގޮތުން "އަޔުޝްމަން ކުރާނާ""ނުޝްރަތް ބަރޫޗާ"ގެ އިތުރުންވެސް އެތައް ހުނަރުވެރި ފަންނާނުންނެއް މި ފިލްމްއިން ފެނިގެންދާނެއެވެ.
މި ފިލްމުގެ ލީޑްރޯލް އިންފެނިގެންދާ "އަޔުޝްމަން ކުރާނާ" ވަނީ މިދިޔަ އަހަރު ފެނިގެންދިޔަ "އަންދާދޫން"އިން ބެލުންތެރިން އާޝޯޙް ކޮށްލާފަދަ ތަފާތު އެކްޓިން އެއް ދައްކާ ބެލުންތެރިންގެ ބޮޑު މަޤްބޫލް ކަމެއް ހޯދާފައެވެ.

ހަމައެއާއި އެކު"އަޔުޝްމަން ކުރާނާ" ވަނީ " ޓްއިޓާރ" އަށް މީގެ ދުވަސް ކޮޅެއް ކުރިން ފޯޓޯ އެއް ދޫކޮށްލާފައެވެ. ތަފާތު ގޮތަކަށް ސައިކަލެއްމަތީ ސާޅިއެއް އަޅައިގެން އިދެ ނާގާފައިވާ "ޑްރީމް ގާލް" ގެ އެ ފޮޓޯ ބެލުންތެރިން ވަނީ ވަރަށްވެސް ބޮޑަށް ބަލައިގަންފައެވެ.

އެ ފޮޓޯ އާއި އެކު ގިނަ ބެލުންތެރިން ވަނީ ފިލްމާމެދު އެމީހުން ކުރާ އުންމީދުތަކާއި ފިލްމުގެ އިންތިޒާރުގައި ތިބިކަން ހިއްސާކޮށްފައެވެ.
"ރާޖް ސާންދަލިޔާ"ޑައިރެކްޓް ކޮށް އޭކްތާ ކަޕޫރް،ޝޮބާ ކަޕޫރްގެ އިތުރުން އާޝިޝް ސިންޙް ޕްރޮޑިއުސް ކޮށްފައިވާ މިފިލްމަކީ
ކޮމެޑީ ލޯބީގެ ތަފާތު ރަހަތަކެއް އެކުލެވިގެންވާ ފިލްމެކެވެ.މި ފިލްމުގައި މަސައްކަތް ކުރަނީ އެކި ގޮތްގޮތުން ލޯބި ހާސިލް ކުރުމަށެވެ. މިކަން ފިލްމުގެ ޓްރެއިލާސް އަށް ބަލާލުމުންވެސް އެގިގެންދާނެ.

ކޮމެޑީ ލޯބީގެ ފިލްމުތައް ބަލަން ބެނުންވާ ފަރާތް ތަކަށް މި ފިލްމު ވެގެންދާނީ ރަނުގެ ފުރުސަތަކަށެވެ.ނަމަވެސް ދެން އުފެދޭ ސުވާލަކީ ބެލުންތެރިން މި ފިލްމު ބަލައިގަންނާނީ ކިހާ ވަރަކަށްތޯ އުފެދޭ ސުވާލެވެ.