ސިއްހަތު

ޓްރީޓޮޕާއި ޔުނިސެފް ގުޅިގެން ސިއްޙީ ދުޅަހެޔޮކަމަށް މަސައްކަތްކުރަނީ

ޓްރީޓޮޕްއާއި ޔުނިސެފް ގުޅިގެން ދުޅަހެޔޮ ސިއްޙަތަަކާމެދު ހޭލުންތެރިކުރުމަށް މަސައްކަތްކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގެ ދަށުން، ޓްރީ ޓޮޕް ހޮސްޕިޓަލާއި ޔުނިސެފް ގުޅިގެން، ކުޑަކުދިންނަށް ރަނގަޅު ސިއްޙަތާއި ދުޅަހެޔޮކަން ހޯދައިދިނުމަށްޓަކައި މަސައްކަތްކުރާނެއެވެ. އެގޮތުން އިމިއުނައިޒޭޝަންގެ މުޙިއްމުކަމާއި، ރައްކާތެރިގޮތުގައި އިމިއުނައިޒޭޝަންގެ ޙިދުމަތްތައް ފޯރުކޮށްދިނުމާއި، ކުޑަކުދިންނަށް ހެޔޮގޮތުގައި ނާސްތާ ދިނުމާއި، ދުޅުހެޔޮ ސިއްޙަތުގެ މުޙިއްމުކަން ކުރިއެރުވުމާއި މުޖްތަމަޢު ހޭލުންތެރި ކުރުވުމަށް މަސައްކަތްކުރެވޭނެއެވެ.

މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން ބޭބީ ފްރެންޑްލީ ހޮސްޕިޓަލް އިނީޝިއޭޓިވް ކުރިއެރުވުމަށްވެސް މަސައްކަތްކުރާނެއެވެ. އަދި ދިވެހި ސަރުކާރާއި ގުޅިގެން ދަތުގެ ފަރުވާ މާލޭގެ ސްކޫލްތަކަށް ފޯރުކޮށްދިނުމުގައި މަސައްކަތް ކުރުމަށް އަމާޒުކޮށް، ކުރިއަށް އޮތް އަހަރުތަކުގައި އެ ޙިދުމަތް ފުޅާކުރުމަށްވެސް ޓްރީ ޓޮޕް ހޮސްޕިޓަލުން އަޒުމް ކަނޑައަޅާފައިވާކަމަށް އެހޮސްޕިޓަލުން ބުނެއެވެ.

ޓްރީޓޮޕްއާއި ޔުނިސެފްއާ ދެމެދު އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޔުނިސެފްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ރާއްޖޭގައި ހުންނަވާ ޔުނިސެފްގެ ރެޕްރެޒެންޓޭޓިވް، މުނީރު ސަފީލްޑިންއެވެ. އަދި ޓްރީޓޮޕްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ސީއީއޯ ޑޭވިޑް ފެއިންބާގްއެވެ.