ކުޅިވަރު

އައި.އޯ.އައި.ޖީ ނިމުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާނީ ދީމާ!


10ވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް ނިންމާލުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލާލާ އެތްލީޓަކަށް ފާތިމަތު ދީމާ އަލީ ހަމަޖައްސައިފިއެވެ.

މިފަހަރުގެ ގޭމްސްގެ އެންމެ ކާމިޔާބު އެތްލީޓް ދީމާއަށް ރާއްޖޭގެ ޤައުމީ ދިދަ ހަވާލްކޮށްދެއްވީ މިނިސްޓަރ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފްއެވެ. ދިދަ ދީމާއާއި ހަވާލުކޮށްދެއްވީ ރާއްޖޭގެ އެތްލީޓުން ހޯދި ކާމިޔާބީ ފާހަގަކުރުމަށް އެތްލީޓުން ތިބި ހޮޓެލްގައި މިރޭ ކުރިއަށްދިޔަ ހަރަކާތްތަކުގެ ތެރެއިންނެވެ.

ޓޭބަލް ޓެނިސް ތަރި ދީމާ އަލީވަނީ މިފަހަރުގެ ގޭމްސްގައި އޭނާ ވާދަކުރި ހަތަރު އިވެންޓުގެ ތެރެއިން ތިން އިވެންޓުން ރަން މެޑަލް ހޯދާފައެވެ. އަދި އޭނާ ވެފައިވަނީ މަލްޓި ސްޕޯޓްސް ގޭމްސްއަކުން ތިން ރަން މެޑަލް ހޯދި ރާއްޖޭގެ ފުރަތަމަ އެތްލީޓަށެވެ.