ޚަބަރު

މިރޭ އޮންނަ ހެވިކަމުގެ ކުޅިވަރުގެ ޑްރެސް ރިހާސަލް ބަލަން ވަނުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފި


މިރޭ އޮންނަ "ހެވިކަމާއި ކުޅިވަރު" ޑްރެސް ރިހާސަލް ބަލަން ދިއުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.

ހެވިކަމުގެ ކުޅިވަރުތައް އޮންނަނީ ގަލޮޅު ދަނޑުގައެވެ. ހޯމް މިނިސްޓްރީއިން ވިދާޅުވެފައިވަނީ ރިހާސަލް ބަލަން ބޭނުންވާ ފަރާތްތަކަށް މިރޭ 6:30 އާއި 7:30 އާއި ދެމެދު ގަލޮޅު ދަނޑުން ފާސް ދޫކުރަމުން ގެންދާނެކަމަށެވެ. ފާސްދޫކުރަނީ ރަސްމީ ސްޓޭޑިއަމްގެ ސީ އަދި އީ ގޭޓުންނެވެ.

ހެވިކަމާއި ކުޅިވަރުގެ ރަސްމީ އިވެންޓް އޮންނާނީ މާދަމާރޭގައެވެ.

މިނިވަން ދުވަހާއި ގުޅިގެން މާލޭގައި އެކި ހަރަކާތްތައް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާގެ ދެ ކަނބަލުން ބާއްވާ ރަސްމީ ބައްދަލުވުންވެސް މިރޭ އޮންނާނެއެވެ. އަދި މާދަމާ ހެނދުނު ރައީސުލްޖުމްހޫރިއްޔާ ޤައުމާއި މުޚާތަބު ކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ހެވިކަމުގެ ކުޅިވަރުތައް މާދަމާ ރޭ އޮންނާނެއެވެ.

މިނިވަން ދުވަހުގެ ފުޅަނދު ބުރާއި ސިފައިންގ ޕެރޭޑް އޮންނަނީ ހޮނިހިރު ދުވަހުއެވެ.

މިނިވަން ދުވަހާއި ގުޅިގެން އަންނަ އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސްވަނީ ހަމަޖައްސަވާފައެވެ.