ޚަބަރު

ޓްރެއިނިންގ ހަދަމުންދިޔަ ފުލުހަކު މަރުވެއްޖެ


ފުލުހުންގެ ޓްރެއިނިންގ ސެޝަނެއްގައި ޙަރަކާތްތެރިވަމުންދިޔަ ފުލުހަކު ގެނބިގެން މަރުވެއްޖެއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާގައި މަރުވެފައިވަނީ 19 އަހަރުގެ ފިރިހެނެއްކަމަށެވެ.

މިމީހާއަކީ ދ.ވާނީގައި ފުލުހުންގެ 31ވަނަ ރެކްރޫޓް ޓްރެއިނިންގ ޕްރޮގްރާމްގައި ތަމްރީންވަމުންދިޔަ ފުލުހެކެވެ. މީނާ މަރުވެފައިވަނީ ސްވިމިންގ ސެޝަންއެއްގައި މޫދަށް ފައިބައިގެން އުޅެނިކޮށް ކަމަށް މަޢުލޫމާތު ލިބެއެވެ. މިހާ މަރުވި ސަބަބު އަދި އިނގިފައެއް ނުވެއެވެ.

ޙާދިސާ ހިނގަން މެދުވެރިވި ސަބަބުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަރޑްސް ކޮމާންޑްގެ ޚާއްސަ ޓީމަކުން ވަނީ ތަޙްގީގު ކުރަން ފަށާފައެވެ. މަޢުލޫމާތު ލިބޭ ގޮތުގައި މަރުވި ފުލުސް މިހާ މާލެ ގެނައުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ.