ކުޅިވަރު

200 މީޓަރު ދުވުމުގެ ފައިނަލުން ސާއިދު ޖާގަ ހޯދައިފި


އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުގެ ފައިނަލުން ބާރު ދުވުންތެރިޔާ ހަސަން ސާއިދު ޖާގަ ހޯދައިފިއެވެ.

2015ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ 200 މީޓަރު ދުވުމުން ރިހި މެޑަލް ހޯދި ސާއިދު މިއަދު ދުވި ހީޓުން ދިޔައީ ތިންވަނައަށެވެ. ފައިނަލް ބުރަށް އޮޓޯ ކޮލިފައިވީ ކޮންމެ ހީޓަކުންވެސް ކުރި ހޯދި ދެ އެތްލީޓުންނެވެ. ސާއިދަށް ފައިނަލުން ފުރުސަތު ލިބުނީ ތިންވަނަ ހޯދި އެތްލީޓުންގެ ތެރެއިން އެންމެ ޓައިމިންގ ރަނގަޅު އެތްލީޓުގެ ގޮތުގައެވެ.

200 މީޓަރު ދުވުމުގެ ފައިނަލް އޮންނާނީ ރާއްޖެ ގަޑިން މިއަދު ރާއްޖެ ގަޑިން 18:10ގައެވެ.

މިއަދު އެތްލެޓިކްސްގައި ކުރިއަށްދިޔަ އެހެން އިވެންޓްތަކަށް ބަލާއިރު، 200 މީޓަރު ދުވުމުގައި ވާދަކޮށް ސާރާ މަސްއޫދު ދިޔައީ އޭނާ ދުވި ހީޓުގެ ފުލަށެވެ. 200 މީޓަރު ދުވުމުގައި ވާދަކޮށް ހިމްނާ ހަސަންވެސް ފައިނަލަށް ކޮލިފައިވާ ގޮތެއް ނުވިއެވެ. ހިމްނާ ދިޔައީ އަށް އެތްލީޓުން ވާދަކުރި ހީޓުގެ ހަތްވަނައަށެވެ.