ވިޔަފާރި

އެސްޓީއޯއިން ޕެޓްރޯލްގެ އަގުހެޔޮކޮށްފި


އެސްޓީއޯއިން ވިއްކާ ޕެޓްރޯލްގެ އަގު އަނެއްކާވެސް ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނީ 11 ރުފިޔާ 13 ލާރިއަށް ވިއްކަމުންދިޔަ ޕެޓްރޯލް ލީޓަރެއް މިއަދުން ފެށިގެން ވިއްކަމުންދާނީ 10 ރުފިޔާ 13 ލާރިއަށްކަމަށެވެ.
ޕެޓްރޯލް ލީޓަރަކުން ރުފިޔާއެއް އަގުހެޔޮކޮށްފައިވާއިރު މިއީ އެސްޓީއޯއިން މިއަހަރުތެރޭގައި ޕެޓްރޯލްގެ
އަގުހެޔޮކުރި 4 ވަނަ ފަހަރެވެ.

އެސްޓީއޯއިން ބުނެފައިވަނީ ޕެޓްރޯލާއި ޑީސަލްގެ އަގަށް އަންނަ ބަދަލުތަކަކީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން އަންނަ ބަދަލުތަކެއް ކަމަށެވެ.

އެސްޓީއޯއިން މިއަހަރުތެރޭގައި 4 ފަހަރެއްގެ މަތިން ޕެޓްރޯލާއި ޑީސަލްގެ އަގުހެޔޮކުރިއިރު، އެތަކެތީގެ އަގު އުފުލިފައިވަނީ އެންމެ ފަހަރަކުއެވެ.