ކުޅިވަރު

ބާސެލޯނާއިން ކުޓީނިއޯ ވިއްކާލަން އުޅޭކަމަށް ބުނެ ކުޓީނިއޯގެ އޭޖެންޓް ނުރުހުން ފާޅުކޮށްފި


ބާސެލޯނާގެ އެންމެ އަގުބޮޑު ކުޅުންތެރިއާ ކުޓީނިއޯ ކްލަބުން ވިއްކާލަން އުޅޭކަމަށްބުނެ ކުޓީނިއޯގެ އޭޖެންޓް ނުރުހުން ފާޅުކޮށްފި އެވެ.

ކުޓީނިއޯގެ އޭޖެންޓް ބުނީ، މިދިޔަ ސީޒަން ނިމުމުން ކުޓީނިއޯ ވިއްކާލަން ބޭނުންނުވާކަމަށާއި އޭނާ ހުންނާނީ ބާސެލޯނާގައި ކަމަށް ބާސެލޯނާގެ ރައީސް ބުނެފައިވާކަމަށެވެ. އަދި މިހެންކަމުން ކުޓީނިއޯއަށް އެހެން ކްލަބެއް ހޯދަން އެއްވެސް މަސައްކަތެއް މިހާތަނަށް ކޮށްފައިނުވާނެ ކަމަށް އޭނާ ބުންޏެވެ.

އެހެންނަމަވެސް ބާސެލޯނާއިން އެހެން ބުނުމަށްފަހު މިހާރު ނޭމާ ހޯދަން ކުރާ މަސައްކަތުގައި ކުޓީނިއޯ ޕީ.އެސް.ޖީއަށް ދޭން މަސައްކަތްކުރަމުންދާކަން އެނގިފައިވާ ކަމަށާއި، މިއީ އެއްވެސް ހާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ބުންޏެވެ. ބާސެލޯނާ އިން ކްލަބްގެ ރައީސް ބުނި ބަހުގައި ހިފަހައްޓަންޖެހޭ ކަމަށާއި، ބަހާއި ޢަމަލާ ދިމާނުވުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެއް ކަމަށްވެސް ކުޓީނިއޯގެ އޭޖެންޓް ބުންޏެވެ.

ބާސެލޯނާއިން ވަނީ ދާދި ފަހުން އެތްލެޓިކޯ މެޑްރިޑްގެ ފޯވަރޑް އެންޓޮއިން ގްރީޒްމަން ގަނެފައެެވެ. އަދި ކުރީގެ ތަރި ނޭމާ އަލުން ކްލަބަށް ގެނައުމުގެ މަސައްކަތްވެސް ވަރަށް ބާރު ދުވެއްޔެއްގައި ބާސެލޯނާއިން ދަނީ ކުރަމުން ނެވެ.