ޚަބަރު

"ވިކްޓިމް އައިޑެންޓިފިކޭޝަން" ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމާލައިފި


"ވިކްޓިމް އައިޑެންޓިފިކޭޝަން" ސްޕެޝަލިސްޓުން ތަމްރީން ކުރުމުގެ ޕްރޮގްރާމް ނިންމައި ބައިވެރިނަން ސެޓްފިކެޓް ދީފިއެވެ.

މި ޕްރޮގްރާމަކީ އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަދި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސް ބޭނުންކުރަން ދިވެހި ފުލުހުން ތަމްރީން ކުރުމަ ށް ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަކީ މީހަކަށް ނުވަތަ ކުއްޖަކަށް އަނިޔާ ލިބެމުންދާ މަންޒަރުދައްކުވައިދޭ ފޮޓޯ އާއި ވީޑިއޯ ފަދަ ހެކި ދިރާސާކޮށް އެ ހެކިތައް ބޭނުންކޮށްގެން އެކުށް ހިންގާފައިވާ ތަނާއި އަނިޔާ ލިބެމުންދާ މީހާއާއި ތުހުމަތުކުރެވޭ މީހާ ދެނެގަނެ އެކަމަށް ފިޔަވަޅު އެޅުމަށް ބައްޓަން ކުރެވިފައިވާ ނިޒާމެކެވެ. މިނިޒާމު ބޭނުންކުރުމުން، އަނިޔާއެއް ލިބެމުންދާ މަންޒަރު ފެންނަ ފޮޓޯއެއް ނުވަތަ ފޮޓޯ ނުވަތަ ވީޑިއޯގެ ފުރިހަމަ ދިރާސާއެއްކޮށް ތަހުގީގީ، ވީޑިއޯއެއް ލިބިއްޖެނަމަ، ވިކްޓިމް އައިޑެންޑިފިކޭޝަން ސްޕެޝަލިސްޓުން އުކުޅުތަކާއި މިކަމަށް ޚާއްޞަ ވަސީލަތް ތަކު ގެ އެހީގައި އަނިޔާލިބެމުންދާ ކުއްޖާ ނުރައްކަލުން ސަލާމަތްކުރުމުގެ މަޤުޞަދުގައި މަސައްކަތް ކުރުމުގެ މަގު ފަހިވެގެންދެއެވެ.

އެގޮތުން، މިކަމަށް ބޭނުންކުރާ އެއް ވަސީލަތަކީ އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސްއެވެ. މިޑޭޓާ ބޭސްގައި ހިމެނޭ އިމޭޖް ކޮމްޕެރިސަން ސޮފްޓްވެއާގެ އެހީގައި ތަފާތު ފޮޓޯތައް އަޅާ ކިޔައި ފޮޓޯތަކާ ގުޅޭ މަޢުލޫމާތު މިޑޭޓާބޭސް ބޭނުންކުރާ ފަރާތްތަކާ ހިއްސާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ. މިއީ ދުނިޔޭގެ ކުރިއަރާފައިވާ ގިނަ ޤައުމުތަކަކުން މިހާރުވެސް ބޭނުންކުރަމުން ގެންދާ ވަސީލަތެކެވެ.

މިމަހުގެ 8ވަނަ ދުވަހުން ފެށިގެން ހަތަރުދުވަހުގެ މުއްދަތަށް ކުރިއަށް ގެންދިޔަ މި ތަމްރީ ން ޕްރޮގްރާމް ނިންމުމަށް މިއަދު އިސްކަންދަރު ބިލްޑިންގ ގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޔުނިސެފްގެ ދިވެ ހިރާޖޭގެ ރެޕްރެޒެންޓޭޓިވް ޑރ. މުނީރު ސަފީލްދީންއެވެ.

ޝަރަފުވެރި މެހުމާން ދެއްކެވި ވާހަކަފުޅުގައި ކުޑަކުދިން ނުރައްކަލުން ސަލާމަތްކޮށް ކުޑަކުދިންނާ ގުޅުހުންހު ރި މައްސަލަތަތައް ތަހުގީގު ކުރުމުގައި ފުލުހުންގެ ޤާބިލްކަން މިހާރަށްވުރެ އިތުރުކުރުމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ކުރަމުންދާ މަސައްކަތް ފާހަގަކޮށްފައި ވެ އެވެ. އޭގެ އިތުރުން، ޓްރާންސް ނޭޝަނަލް ކުށްތައް އިތުރުވަމުންދާއިރު، ޖިންސީގޯނާ ކުރުމުގެ މައުސޫމް އެތައް ކުދިންނެއް މިފަދަ ކުށްތަކުގެ، މައްސަލަތައްވެސް އެފަދަ މައްސަލަތަކުގެ ތެރެއަށް ވަންނަމުންދާކަންވެސް ފާހަގަކުރައްވައި ޝިކާރައަކަށް ވަމުންދާކަން ޝަރަފުވެރިމެހެމާނު ޑރ. މުނީރު ސަފީލްދީން ފާހަގަކުރެއްވިއެވެ.

"އެހެންކަމުން، ނިމިގެންދިޔަ ތަމްރީން ޕްރޮގްރާމަ ކީ ޓްރާންސްނެޝަނަލް ޖިންސީގޯނާއި ން ދިވެހިރާއްޖޭގެ ކުޑަކުދިން ރައްކާތެރިކުރުމަށް ވަރަށް މުހިއްމު ޓްރޭނިން ޕްރޮގްރާމެއް. އަޅުގަނޑު އުންމީދުކުރަނީ، މި ޕްރޮގްރާމްގެ ބައިވެރިންނަށް ލިބުނު މަޢުލޫމާތާއި ހުނަރުގެ ބޭނުން ހިފައި ކުޑަކުދިންނަށް މިހާރަށްވުރެ ރައްކާތެރި މާހައުލެއް ބިނާކުރެވިގެންދާނެކަމަށް" ޝަރަފުވެރިމެހެމާން ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތު ތަޢާރަފް ކުރުމުގެ ގޮތުން ވާހަކަފުޅުދެއްކެވީ، މޯލްޑިވްސް ޕޮލިސް ސާވިސްގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓްގެ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފެއެވެ. ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފްގެ ވާހަކަފުޅުގައި މިފަދަ ޕްރޮގްރާމެއް ކާމިޔާބު ކަމާއެކު ނިންމާލެވުމުގައި ގިނަ ބައެއްގެ އެއްބާރުލުމާއި އެހީތެރިކަން ލިބިފައިވާކަން ފާހަގަކުރެއްވިއެވެ. އެގޮތުން، އިންސާނީ ވަސީލަތް ތަރައްޤީކޮށް ފުލުހުންގެ ހުނަރު ކުރިއެރުވުމުގައި ޔުނިސެފްގެ ފަރާތުން މޯލްޑިވްސް ޕޮލިސް ސާވިސްއަށް ލިބެމު ންދާ އެހީތެރިކަން ފާހަކުރައްވައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙަސަން ހަނީފް ޝުކުރު އަދާކުރެއްވިއެވެ.

އޭގެ އިތުރުން، އިންޓަޕޯލްގެ ވިކްޓިމް އައިޑެންޓިފިކޭޝަން އަދި އިންޓަނޭޝަނަލް ޗައިލްޑް ސެކްޝުއަލް އެކްސްޕްލޮއިޓޭޝަން ޑޭޓާބޭސްއަށް ދިވެހި ފުލުހުން ތަމްރީންކޮށް ދިވެހި ފުލުހުންގެ ތަހުގީގު ތަކުގައި އެ ވަސީލަތް ބޭނުންކުރެވޭނެ މަގު ފަހިކޮށްދެއްވިކަމަށްޓައި އިންޓަޕޯލްގެ ޖެނެރަލް ސެކެޓްރީއަށާއި ކްރައިމް އެގެއިންސްޓް ޗިލްރަން ޔުނިޓަށް ޝުކުރު ދެންނެވިއެވެ. އަދި، އެ ޑޭޓާބޭސްގެ މުހިއްމުކަން ފާހަގަކުރައްވައި ޙަސަން ހަނީފް ވިދާޅުވީ، ކުޑަކުދިންނަށް ޖިންސީގޯނާ ކުރުމާ ދެކޮޅަށް ދިވެހި ފުލުހުން ކުރަމުންދާ މަސައްކަތުގައި މި ޑޭޓާބޭސް މުހިއްމު ރޯލެއް ކުޅޭނެކަމަށް ދެކިލައްވާ ކަމަށެވެ.

މި ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތުގައި ބައިވެރިންގެ ފަރާތުން ޝުކުރު ދެންނެވުމުގެ ގޮތުން ވާހަކަ ދެއްކެވީ ޕޮލިސް ސްޓޭޝަން އިންސްޕެކްޓަރ މޫމިނާ އަގީލްއެވެ. މި ތަމްރީން ޕްރޮގްރާމްގައި މަޢުލުމާތު ދެއްވީ އިންޓަޕޯލްގެ ޓްރޭނަރުން ކަމުގައި ވާ މިސް ސިސިލިޔާ ވޮލިން އާއި މިސް ގޮޑާނާ ވުޖިސިކްއެވެ.

މި ރަސްމިއްޔާތުގައި ޝަރަފުވެރިމެހެމާން ޑރ. މޫނީރު ސަފީލްދީންގެ އިތުރުން، އިންޓަޕޯލްގެ ޓްރޭނަރުންނާއި ޔުނިސެފް މޯލްޑިވްސް ޕްރޮގްރާމް ސްޕެޝަލިސްޓް މުޙައްމަދު ނައީމާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ދާވޫދާއި ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް މުޙައްމަދު ބަޝީރު ބައިވެރިވެލެއްވިއެވެ.