ޚަބަރު

ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަވައިދިނުމުގައި 70 ސްކޫލަށް އެހީ ބޭނުންވޭ - އެޑިއުކޭޝަން


ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ކިޔަައިދިނުމުގައި އެހީތެރިކަން ބޭނުންވާ 70 ސްކޫލެއް ފާހަަގަކުރެވިފައިވާކަމަށް ޑިޕަރޓްމަންޓް އޮފް އިންކުލޫސިވް އެޑިއުކޭޝަނުން ވިދާޅުވެއްޖެއެވެ. "އޯލް އިންކްލޫސިވް އެޑިއުކޭޝަން ކޯޗަސް ޓްރެއިނިންގ ޕްރޮގްރާމް"ގެ ދަށުން ތަމްރީންވި ޓީޗަރުން ފޮނުވައިގެން އެ ސްކޫލްތަކުގެ މުދައްރިސުންނަށް އެހީތެރިކަން ދިނުމުގެ މަސައްކަތް ވަރަށް އަވަހަށް ޑިޕަރޓްމަންޓް އޮފް އިންކްލޫސިވް އެޑިއުކޭޝަނުން ވިދާޅުވެއެވެ.

ޑިޕަރޓްމަންޓް އޮފް އިންސްކޫސިވް އެޑިއުކޭޝަނުންގެ ޑިރެކްޓަރ ޖެނެރަލް އަޙްމަދު އާތިފް ވިދާޅުވީ މި ޕްރޮގްރާމްގެދަށުން ތަމްރީންވާ ޓީވަރުން ރަށްރަށް ފޮނުވައިގެން ޓީޗަރުންނަށް ތަމްރީންދޭނެކަމަށެވެ. އެގޮތުން މިމަހުގެ 18ވަނަ ދުވަހު ރަށްރަށަށް ދާން ފަށާނެކަމަށް ވިދާޅުވިއެވެ.

އާތިފް ވިދާޅުވީ 4ދުވަހަށް ކުރިއަށްގެންދިޔަ މަސައްކަތު ބައްދަލުވުމުގައި އެންމެ ބޮޑަށް މަސައްކަތް ކޮށްފައިވާނީ އެހީ ބޭނުންވާ ހުރިހާ ސްކޫލްތަކަށް އެއް އުސޫލެއްގެ ތެރެއިން މަސައްކަތްކުރެވޭނީ ކިހިނެތްތޯ ބަލައި، އެކަމަށް ބޭނުންވާ އޮނިގަނޑެއް ހެދުމަށްކަމަށެވެ. އެގޮތުން މި މަސައްކަތް ކުރާނީ އެ ރަށްރަށާއި ކައިރި ރަށްރަށުން ތަމްރީންދީފައިވާ ކޯޗުން މެދުވެރިކޮށެވެ.

"މިއަހަރު 70ސްކޫލެއް ފާހަގަވި އިތުރު އެހީ ބޭނުންވާ. ވަރަށް އަވަހަށް އައުޓް ރީޗް ސެކްޝަނެއް ހަދައި މަސައްކަތް ޙާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމު ދިނުމުގެ މަސައްކަތް ފުޅާކުރާނަން." އާތިފް ވިދާޅުވިއެވެ.

މި ޕްރޮގްރާމްގެ ތެރެއިން ޚާއްސަ އެހިއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ދޭނެ ގޮތްތައް ދަސްކޮށްދިނުމާއި، އެފަދަ ކުދިން ޅައުމުރުގައި ދެނެގަންނާނެ ގޮތާއި، ކުދިންގެ ކަންކަމަށް ބެލެނިވެރިން އަހުލުވެރި ކުރާނި ގޮތްތަކާއިގުޅޭގޮތުންވަނީ އެކި ސްކޫލްތަކުގެ މެދުގައި މަޝްވަރާކޮށްފައެވެ.

"އިންގިގެން ދިޔަ އެކި ސްކޫލްތަކުގައި މަސައްކަތް ކުރާ ރަނގަޅު ގޮތްތައް. އަދި ކުދި ސްކުލްތަކުގައި މަސައްކަތް ކުރިއަށްގެންދެވޭނި ގޮތްތަކާއި އަދި ހުރިހާ ސްކޫލެއްގައި އެއް ސްޓޭންޑަޑަކަށް ކުރިއަށް ގެންދާނެ ގޮތެއްވަނީ ކަނޑައެޅިފައި." ބައްދަލުވުމުގެ ބައިވެރިން ފާހަގަކޮށްފައިވެއެވެ.

"އޯލް އިންކްލޫސިވް އެޑިއުކޭޝަން ކޯޗަސް ޓްރެއިނިންގ ޕްރޮގްރާމް"ގައި 18 ސްކޫލަކުން 25 ބައިވެރިންވަނީ ބައިވެރިވެފައެވެ.