ޚަބަރު

ރާއްޖޭގެ ސަރަހައްދަށް ވަދެ އުޅުނު 4 ބޯޓެއް ހިފަހައްޓައިފި


ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ޤަވާޢިދާ ޚިލާފަށް ވަދެއުޅުނު ބޭރުގެ ހަތަރު މަސް ބޯޓެއް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފިއެވެ. މި މަސްބޯޓުތައް ކޯސްޓްގާޑް ބެލުމުގެ ދަށަށް ގެނެސްފައި ވަނީ ވ.ފުލިދޫގެ އިރުން 140 ނޯޓިކަލް މޭލު ބޭރުންނެވެ.

މި 4 މަސްބޯޓު ރާޢްޖޭ ސަރަހަދަށް ވަދެ އުޅެނިކޮށް ފެނިފައިވަނީ އެމްއެންޑީއެފް ކޯސްޓްގާޑާއި، އިންޑިއާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދިޔަ ޑޯނިއަރ ފްލައިޓްގެ ސަވައިލަންސް ޕެޓްރޯލްގެ ތެރެއިންކަމަށް އެމްއެންއެންޑީއެފުން ބުނެއެވެ.

ޤަވާޢިދާ ޚިލާފަށް ރާއްޖޭގެ އިޤްތިޞާދީ ކަނޑުގެ ސަރަޙައްދަށް ވަދެ އުޅުނު މި ހަތަރު މަސް ބޯޓެއް މިހާރުވަނީ އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޝަހީދު ޢަލީ ބެލުމުގެ ދަށަށް ގެނެސްފައެވެ.

އެމްއެންޑީއެފްގެ ބެލުމުގެ ދަށުން މި ބޯޓުތައް މާލެ ގެނައުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ރާއްޖޭގެ ސަރަހަދަށް ޤަވައިދާ ހިލާފަށް ވަދެ އުޅުނު ލަންކާ މަސްބޯޓުތަކެއްވެސް ސިފައިންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.