މުނިފޫހިފިލުވުން

ޑިޒްނީގެ މުލާންގެ ފުރަތަމަ ދައްކާލުން


ޑިޒްނީގެ "މުލާން"ގެ ޓްރެއިލަރ އަދި ޕޯސްޓަރު އާއްމުކޮށްފިއެވެ.

"މުލާން" އަކީ ޑިޒްނީ 1998 ވަނަ އަހަރު ނެރުނު އެނިމޭޓެޑް ފިލްމް "މުލާން" ގެ ލައިވް އެކްޝަން ފިލްމެވެ. "މުލާން" ސިނަމާތަކަށް އަންނަނީ 2020 ވަނަ އަހަރުގެ މާޗުމަހުގެ 27 ވަނަ ދުވަހުއެވެ.

މި ފިލްމްގައި މުލާންގެ ރޯލަށް ކަމުދާ ޗައިނީޒް ދަރިކޮޅަށް ނިސްބަތްވާ އެކްޓަރެސްއެއް ހޯދަމަށް ފަސް ޤަައުމަކަށް ފިލްމްގެ ޑައިރެކްޓަރުން ދަތުރުކޮށް އޮޑިޝަންތައް ބާއްވާފައިވެއެވެ.

ފިލްމްގެ ލީޑް މުލާންގެ ރޯލް އެންމެ ފަހުން ދީފައިވަނީ ޗައިނީޒް އެމެރިކަން ތަރި ލިއު ޔައިފޭއެވެ. ލިއު ޔައިފޭއަށް އެ ރޯލް ލިބިފައިވަނީ އެރޯލަށް ފިޓްވާ 1000 މީހުން ބައިވެރި އޮޑިޝަންކަށް ފަހުއެވެ. ލިއު މުލާންގެ ރޯލަށް ހަމަޖައްސާފައިވަނީ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައެވެ.

މުލާންގެ ރީމޭކްގެ މަސައްކަތް ފެށީ 2010 ވަނަ އަހަރުއެވެ. މި ފިލްމް އިއުލާން ކުރުމާއި އެކު ފިލްމްގެ ލީޑް ރޯލު ހޮލީވުޑްގެ އަންހެން ތަރިޔަކަށް ނުދީ އޭޝިއަން ދަރިކޮޅުގެ މީހަކަށް ދިނުމަށް ގޮވާލާ ސޯޝަލް މީޑިއާ މެދުވެރިކޮށް ވަނީ ޕެޓިޝަނެއްވެސް ހުށައަޅާފައެވެ. ގިނަ ބަޔަކު ބުނަމުން ދިޔައީ ޗައިނީޒް ރަސްކަމުގެ ވާހަކަތަކެއް ގެނެސްދޭ މި ފިލްުމުން ފެންނަން ޖެހޭނީ އޭޝިއާގެ ތަރިއެއްކަމަށެވެ.

100 މިލިއަން ރުފިޔާގެ ބަޖެޓަކާއި އެކު މި ފިލްމުގެ މަސައްކަތް ފަށާފައިވަނީ 2018 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

މުލާންގެ ކާސްޓުންގެ ތެރޭގައި ޑޮނީ ޔެން، ސްކޮޓް ލީ ގެ އިތުރުން ޖެޓްލީވެސް ހިމެނެއެވެ.

ރިކް ޖަފާ، އަމަންޑާ ސިލްވަރގެ އިތުރުން އެލިޒިބަތް މާޓިން އަދި ލައުރެން ހިނެކްގެ ސްކްރީން ޕްލޭގެ މައްޗަށް އުފައްދާ މި ފިލްމް ޑައިރެކްޓް ކުރަނީ ނިކީ ކާރޯއެވެ.

ޑިޒްނީގެ މަޝްހޫރު އެނިމޭޓް ފިލްމްތަކުގެ ލައިވް އެކްޝަން ފިލްމްތައް އުފެއްދުން ވަނީ އިތުރުވެފައެވެ. މިގޮތުން ޑިޒްނީގެ ލަޔަން ކިންގ އަދި އެލާޑިންގެ ލައިވް އެކްޝަން ފިލްމްތައް މިއަހަރު ވަނީ ރިލީޒްކޮށްފައެވެ.