މޯލްޑިވްސް ޕެރަލިމްޕިކް ކޮމެޓީއާއި ސްޕެޝަލް އޮލިމްޕިކްސް މޯލްޑިވްސްގެ އޮފީސް ހުޅުވައިފިއެވެ.
ރާއްޖޭގެ ޕެރަލިމްޕިކާއި، ސްޕެޝަލް އޮލިމްޕިކްސް އޮފީސް ހުޅުއްވައިދެއްވީ މިނިސްޓަރ އޮތް ޔޫތް ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވާމަންޓް އަޙުމަދު މަޙުލޫފެވެ.
މި އޮފީސް ހުޅުއްވައިދެއްވުމަށްފަހު ވާހަކަދައްކަވަމުން މިނިސްޓަރ އަޙުމަދު މަޙުލޫފު ވިދާޅުވީ މިއީ ޚާއްސަ އެހީއެހީތެރިކަމަށް ބޭނުންވާ ކުދިންނަށް ބައިނަލްއަގްވާމީ މުބާރާތްތަކުގައި ދިވެހިރާއްޖެ ތަމްސީލުކުރުމަށް ލިބޭނެ އިތުރު ހިތްވަރެއްކަމަށެވެ.
ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ވާދަކުރި ބައިނަލްއަގްވާމީ ފުރަތަމަ މުބާރާތުގައިވެސް ރަނގަޅު ކާމިޔާބީތަކެއް ހޯދިކަމަށާއި، ކުރިއަށް މިއޮތް އައިއޯއައިޖީގައި މާޒިންވެސް ރަނގަޅު ކާމިޔާބެއް ހޯދާނެކަމުގެ އުއްމީދު ބޮޑުކަމަށެވެ. މަހުލޫފު ވިދާޅުވީ ޚާއްސަ އެހީތެރިކަމަށް ބޭނުންވާ ކުދިން ބާކީނުކޮށް މުޖުތަމައުގައި އެ ކުދިން އެހެން މީހުނެކޭ އެއްގޮތަށް ދިރިއުޅެވޭނޭ ގޮތް ހަދައިދިނުމަކީ ސަރުކާރުގެ އަމާޒުކަމަށެވެ.