ޚަބަރު

ރޯގާ ޖެހިގެން ރިޕޯޓްކުރާ އަދަދު އިތުރުވަނީ ސަމާލުވޭ

ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި ވައިރަލް ހުން ފެތުރެމުންދާތީ ސަމާލުވުމަށް ހެލްތް ޕްރޮޓަކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފިއެވެ.

ހެލްތް ޕްރޮޓަކްޝަން އޭޖެންސީ އެޗްޕީއޭއިން ބުނީ މި އަހަރުގެ ފާއިތުވި މަސްތަކާއި އަޅާބަލާއިރު އިންފްލުއެންޒާ ޖެހިގެން ރިޕޯޓްކުރާ އަދަދުވެސް އިތުރުވަމުން އަންނަ ކަމަަށެވެ. އެގޮތުން މިދުވަސްކޮޅު ފެތުރެމުން އަންނަނީ އިންފްލޫއެންޒާ ބީ ކަމަށްވެސް އެޗްޕީއޭއިން ބުނެއެވެ. ބަލިން ރައްކާތެރިވެ ތިބުމަށް ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށާއި ރޯގާޖެހި ތިންދުވަހަށް ވުރެ އިތުރުވާ ނަމަ ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.

ޕީއެސްއެމް ނިއުސްއާ ވާހަކަ ދައްކަވަމުން އެޗްޕީއޭގެ އޮފިޝަލަކު ވިދާޅުވީ އަރިދަފުސް ރޯގާގެ ކޭސްތައް ރާއްޖޭގެ ހުރިާ ހިސާބަކުން ރިޕޯޓްކުރަމުން އަންނަކަމަށެވެ. އަދި ރިޕޯޓްކުރާ ކޭސްތައް އިތުރުވަމުން އަންނަކަމަށާއި ވެކްސިން ޖަހަން ޖެހޭ ކެޓެގަރީގެ މީހުންނަށް ވެކްސިން ޖެހުމާއި އާންމުން ހޭލުންތެރި ކުރުވުންފަދަ ކަންކަން ކުރަމުންދާކަމަށް އެޗްޕީއޭއިން ބުނެއެވެ.

އެޗްޕީއޭގެ ތަފާސް ހިސާބުތައް ދައްކާގޮތުން ޖޫން މަހުގެ މެދުތެރެއިން ފެށިގެން އިންފްލުއެންޒާ ބީ އަންނަނީ އިތުރު ވަމުންނެވެ. މިގޮތުން 16 ޖޫން 2019 އިން ފެށިގެން ޓެސްޓު ކުރެވުނު ސާމްޕަލްގެ %40 ވަނީ އިންފްލުއެންޒާ ބީ އަށް ޕޮޒިޓިވް ވެފައިވާކަމަށްވެސް ތަފާސް ހިސާބުތައް ދައްކައެވެ.

މި ދުވަސްވަރު ރޯގާ ޖެހިގެން ފަރުވާ ހޯދާ މީހުންގެ އަދަދު އިތުރުވަމުން ދާތީ އައިޖީއެމްއެޗުންވަނީ ހޮސްޕިޓަލުގައި ފްލޫ ކްލިނިކެއް އިއްޔެ ހުޅުވާފައެވެ. މި ކްލިނިކުން ކޮންމެ ދުވަހެއްގެ ހަވީރު 05:00 ފެށިގެން ދަންވަރު 12:00ގެ ނިޔަލަށް އެޕޮއިންޓްމަންޓަކާއި ނުލާ ޑޮކްޓަރަށް ދެއްކޭނެއެވެ.

ހުމާއި ރޯގާއިން ރައްކާތެރިވުމަށް ގިނަ މީހުން އެއްވެ އުޅޭ ތަންތަނަށް ކޮންމެހެން ދާން ޖެހިގެން ނޫނީ ނުދިޔުމާއި ސާފުތާހިރުކަމަށް ސަމާލުކަން ދިނުމާއި ވެކްސިން ޖެހުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކުރެއެވެ.