ވިޔަފާރި

އެޗް.އާރު އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި


"އެޗް.އާރު" އެވޯޑްސްއަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

އެޗް.އާރު މޯލްޑިވްސްއިން އިންތިޒާމްކޮށްގެންދޭ އެޗްއާރު އެވޯޑްސްއަކީ ހިއުމަން ރިސޯސްގެ ދާއިރާއިން އެކި ފަރާތްތަކުން ކޮށްފައިވާ މަސައްކަތް ފާހަގަކުރުމުގެ ގޮތުން ދޭ އެވޯޑެކެވެ. އެގޮތުން މިއަހަރުގެ އެވޯޑަށް ނަން ހުށަހެޅުމުގެ ފުރުޞަތު އަންނަ އޮގަސްޓްމަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

މިއެވޯޑަށް ވަކިވަކި ފަރުދުންނާއި ކުންފުނިތަކުން ވާދަކުރެވޭއިރު، 15 ދާއިރާއަކުން ވާދަކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލާފައެވެ.

އެންމެ ފުރަތަމަ އެޗްއާރު އެވޯޑްސް މިދިޔަ އަހަރު ބާއްވާފައިވާއިރު، މި އެވޯޑް ހަފްލާ ބާއްވަނީ އެޗް.އާރު ޕްރޮފެޝަނަލް ދުވަހާއި ގުޅުވައިގެންނެވެ. އެޗް.އާރު މޯލްޑިވްސްއިން ވަނީ މީގެ ކުރިން "ފިފްޓީ މޯސްޓް ޓެލެންޓެޑް ލީޑާސް އެވްޑްސް" ގެ ނަމުގައިވެސް އެވޯޑެއް ދީފައެވެ.