ފ. މަގޫދޫ ކައުންސިލް އިދާރާ ފަޅާލައި އެތަނުގެ ތިޖޫރީގައި ހުރި ފައިސާތައް ވަގަށް ނެގި މީހުން ފިލައިގެންދަނިކޮށް ކަނޑުމަތިން ހިފަހައްޓާ ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި މައްސަލާގައި 9 މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. އޭގެތެރޭގައި ހިމެނޭނީ 23 އަހަރުގެ ދެ މީހަކާއި 24 އަހަރުގެ ދެ މީހަކާއި 26 އަހަރާއި 32 އަހަރާއި 33 އަހަރާއި 36 އަހަރާއި 38 އަހަރުގެ މީހެއްކަމަށެވެ.
ފުލުހުން ބުނީ މި އެންމެނަކީވެސް މާލެއަށް ނިސްބަތްވާ މީހުންކަމަށާއި މި އެންމެވެސް ހައްޔަރުކުރީ ފިލައިގެން ޑިންގީއަކާއި ދޯންޏެއް ގައި ދަނިކޮށް ކަނޑުމަތިންކަމަށެވެ. އަދި މި މީހުން ފިލަން ބޭނުންކުރި ޑިންގީއަކީވެސް ވަގަށް ނަގާފައިވާ އެއްޗެއްކަމަށްވެސް ފުލުހުން ބުނެއެވެ.
ފުލުހުން ބުނީ މި ނުވަ މީހުންގެ ބަންދަށް ނިލަންދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތު ޖަހާދީފައިވެއެވެ.
ފ މަގުދޫ ކައުންސިލުން އިދާރާގެ ތިޖުރީން މި މީހުން ވައްކަން ކޮށްފައިވަނީ އިއްޔެ ފަތިހު 03:30 އެހާކަންހާއިރު އެތަނުގެ ސެކިއުރިޓީ ގާޑު ބަނުމަށްފަހު ތަނުގެ ދޮރު ހަލާކޮށްލައިގެން ވަދެކަމަށް ފުލުހުން ބުނެއެވެ.