ޢެއަރޕޯޓަށް ޤަވައިދާ ހިލާފަށް ވަދެ ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަކަށް އަރާ ގަދަކަމުން ކުއްޖަކު އަތުލި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފިއެވެ.
އޭވިއޭޝަން ސެކިއުރިޓި ކޮމާންޑުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއަދު ހެނދުނު 10:18 އެހާކަންހާއިރު މާމިގިލީ އެއަރޕޯޓްގެ އެއަރސައިޑަށް ވަދެވޭ ގޮތަށް ހުންނަ ގޭޓަކުން ހުއްދަނެތި މީހަކު ދުވެފައި ވަދެ ފުރަން ތައްޔާރުވެފައި އޮތް ފްލައިޓަށް އެރިކަމަށެވެ. ޢަދި ފްލައިޓަށް އަރާ އެ ފްލައިޓްގައި އިން މަންމައެއްގެ އަތުން ކުޑަކުއްޖަކު ގަދަކަމުން އަތުލިކަމަށެވެ.
މި މީހާ ރަންވޭއަށް އަރަން މަސައްކަތް ކުރުމުން އެވަގުތު ސެކިއުރިޓިގައި ހުރި މީހާ އޭނާ ހުއްޓުވަން މަސައްކަތްކުރިކަމަށްވެސް އޭވިއޭޝަން ކޮމާޑުން ބުނެއެވެ. ޢަދި އެމީހާ ފްލައިޓުން ބާލާ ފުލުހުންނާއި ހަވާލުކޮށްފައިވާކަމަށްވެސް އޭވިއޭޝަނުން ބުނެއެވެ.