ޚަބަރު

ގެއެއްގެ ފުރާޅު މައްޗަށް ފާރެއް ވެއްޓި ގެއްލުންވެއްޖެ


ދ.އަތޮޅު ކުޑަހުވަދޫގައި ގެއެއްގެ ފުރާޅުމައްޗަށް ޖެހިގެން ހުރި ޢިމާރާތުގެ ފާރެއް ވެއްޓި ގެއްލުންތަކެއް ވެއްޖެއެވެ.

ފުލުހުން މަޢުލޫމާތުދެއްވާގޮތުގައި ރޭ މެންދަމު ކުޑަހުވަދުއަށް އައި ކޮޅިގަނޑެއްގައި ހިނގި މިޙާދިސާގައި ވެއްޓުނީ ހަދަމުންދިޔަ ޢިމާރާތެއްގެ ދެވަނަ ފަންގިފިލާގެ ފާރެކެވެ. ޖެހިގެން ހުރި ގޭގެ ފުރާޅު މައްޗަށް ފާރުވެއްޓުމުގެ ސަބަބުން ފުރާޅު ފޫއަޅާލައި އެގޭގެ ކޮޓަރިއެއްގެ ތެރެއަށް ވަނީ ފާރުގެ ބައިތައް ވެއްޓިފައެވެ. މިޙާދިސާގައި އެކޮޓަރިއަށާއި އެތަނުގައިހުރި ފަރުނީޗަރުތަކަށް ބޮޑެތި ގެއްލުންތަކެއް ވަނީވެފައެވެ.

މިހާދިސާގައި އެއްވެސް މީހަކަށް ހާނީއްކައެއް ނުވާކަމަށް ފުލުހުން މަޢުލޫމާތުދެއްވައެވެ.