ޚަބަރު

ޖަލްސާއެއް ބާއްވަން ކާނިވާ ސަަރަހައްދު ހޯދަން ޕީޕީއެމުން އެދިއްޖެ


ކާނިވާ ސަަރަހައްދުގައި ޖަލްސާއެއް ބޭއްވުމަށް ހުއްދަ ދިނުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން އެދިއްޖެއެވެ.

ޕީޕީއެމުން ޕްލޭނިން މިނިސްޓަރ މުހައްމަދު އަސްލަމަށް ފޮނުވި ސިޓީއެއްގައި ވަނީ އެ ކޯލިޝަނުން އިންތިޒާމުކޮށްގެން ޖަލްސާއެއް ބޭއްވުމަށް ކާނިވާ ސަރަހައްދު ދޫކޮށްދިނުމަށެވެ. ޢަންނަ ބުރާސްފަތު ދުވަހުގެ ރޭ ބޭއްވުމަށް ޕީޕީއެމުން އެދޭ މި ޖަލްސާއަށް ކާނިވާ ސްޓޭޖް ސަަރަހައްދު ދޫކުރުމަށް އެދިފައިވަނީ ހަވީރު 06:00 އިން ދަންވަރު 12:00 އަށެވެ.

ޕީޕީއެމުން ޖަލްސާއެއް ބާއްވަން ކާނިވާ ދޫކުރުމަށް އެދިފައިވާއިރު މިދިޔަ ރިޔާސީ އިންތިޚާބުގައި ބޮޑު ތަފާތަކުން ރައީސް ޔާމިން ބަލިވެ ވެރިކަމުން ފައިބައިވަޑައިގެންނެވި ފަހުން އެ ޕާޓީގެ އެއްވެސް ހަރަކާތެއް ހިންގާފައެއް ނެތެވެ. މަޖިލިސް އިންތިޚާބުގެ ދުވަސްވަރުވެސް އެ ޕާޓިން އެެއްވެސް ޖަލްސާއެއް މާލެ ސަރަހައްދުގައި ބާއްވާފައެއް ނުވެއެވެ.

ޕީޕިއެމްގެ އިސް ސަފުން ފެނުނު ފަރާތްތަކުން ވަނީ ރިޔާސީ އިންތިޚާބުގެ ނާކާމިޔާބީ ޕާޓިގެ ލީޑަރޝިޕްގެ ބޮލުގައި އަޅުވާފައިއެވެ. ޢެ ފަރާތްތަކުން ވަނީ ޕާޓީގެ ލީޑަރޝިޕް ބަދަލުކުރުމަށްވެސް ވަނީ ގޮވާފައެވެ.