ޚަބަރު

ޕޯސްޓުގެ ޒަރިއްޔާއިން އެތެރެކުރަން އުޅުނު މަސްތުވާތަކެތިތަކެއް އަތުލައިގެންފި


ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެއަށް އެތެރެކުރަން އުޅުނު މަސްތުވާތަކެތީގެ ބާވަތްތަކެއް ކަސްޓަމްސްއިން އަތުލައިގަނެފިއެވެ.

މޯލްޑިވްސް ކަސްޓަމްސްއިން ބުނީ އަތުލައިގަތީ ތަފާތު ހަތަރު ފަހަރެއްގެ މަތިން ރާއްޖެއެތެރެ ކުރަން އުޅުުނު މަސްތުވާތަކެތިތަކެއްކަމަށެވެ. އަދި މި ތަކެތި އަތުލައިގެންފައިވަނީ ޕޯސްޓުގެ ޒަރިއްޔާއިން ރާއްޖެ އެތެރެކުރި ޕާރުސަލްތައް ބަލައިފާސްކުރުމުގެ ތެރޭގައިކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ކަސްޓަމްސްއިން އަތުލައިގަތް މަސްތުވާތަކެތީގެ ތެރޭގައި ހިމެނެނީ އިނގިރޭސިވިލާތުން އެތެރެކުރަން އުޅުނު 93 ގްރާމްގެ އެމްޑީއެމްއޭއާއި ސްރީލަންކާއިން އެތެރެކުރަން އުޅުނު 2 ގްރާމްގެ އެމްޑީއެމްއޭގެ އިތުރުން ތުރުކީން އެތެރެކުރަން އުޅުނު 37 ގްރާމްގެ ކެނަބިސްކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ތަކެތީގެ ބަރުދަނުގައި ޖުމުލަ 132 ގްރާމް ހުރިއިރު، އަތުލައިގަނެވުނު މަސްތުވާތަކެެއްޗާއެކު މި މައްސަލަ އިތުރަށް ތަޙްޤީޤްކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ޙަވާލުކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.