ޚަބަރު

މަހަށް ނުކުމެ އުޅުނު 57 އަހަރުގެ މީހެއްގެ ލޮލަށް ބުޅިއެއް ހެރިއްޖެ


މަހަށް ނުކުމެ އުޅުނު މީހެއްގެ ލޮލަށް ބުޅިއެއް ހެރިގެން މާލެ ގެނައުމުގެ މަސައްކަތް ފަށައިފިއެވެ.

ލޮލަށް ބުޅީ ހެރިފައިވަނީ މ އަތޮޅު ފީއަލީ އަށް ނިސްބަތްވާ އުމުރުން 57 އަހަރުގެ މީހެއްގެ ލޮލަށްކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އދ މާމެންދޫ ހުޅަނގުން 11 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަން އޮތް ދޯންޏެއްގައި ހުރި މީހެއްގެ ލޮލަލަށް ބުޅިއެއް ހެރިގެން އެމްއެންޑީއެފް މާލެ އޭރިއާގެ ކޯސްޓްގާރޑުން ހަރަކާތްތެރިވަމުންދާކަމަށެވެ.

ދިރާސާ ނަމަކަށް ކިޔާ ދޯންޏެއް ގައި މަހަށް ނުކުމެ ހުރި މި މީހާގެ ލޮލަށް ބުޅި ހެރިގެން އެކަން ރިޕޯޓްކޮށްފައިވަނީ 09:47 އެހާކަންހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.