ސިއްހަތު

"ޝިކާވަތި" - އާސަންދައަށް ސުވާލާއި ޝަކުވާ ހުށަހަޅަން ފަސޭހަ ނިޒާމެއް


އާންމުންނަށް ފަސޭހައިން ސުވާލާއި ޝަކުވާ ހުށަހެޅުމަށް މެސެޖު ކުރެވޭނެ ނަންބަރެއް އާސަންދައިން ޤާއިމްކޮށްފިއެވެ.

"ޝިކާވަތި" މި ނަމުގައި ޤާއިމްކޮށްފައިވާ މި ނަންބަރަށް (7951400) އާންމުކޮށް ދިވެހިންގެ ތެރޭގައި މަޝްހޫރު ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ވަޓްސްއެޕް، ވައިބަރ އަދި ޓެލެގްރާމް މެދުވެރިކޮށްވެސް މެސެޖްކުރެވޭނެ ކަމަށް އާސަންދައިން ބުނެއެވެ.

އާސަންދައިން ބުނީ ޝަކުވާއާއި ސުވާލުގެ އިތުރުން އާސަންދައިގެ ޚިދުމަތްތަކާއި ޚިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކާ ބެހޭގޮތުންވެސް އެއްވެސް ކަމެއް ރިޕޯޓްކުރަން ބޭނުންނަމަ އެ ނަންބަރަށް ފޮޓޯއާއި މެސެޖުވެސް ފޮނުވޭނެ ކަމަށެވެ. އަދި އާސަންދައިގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ޚިޔާލު ހުށަހަޅަން ބޭނުންވާ ފަރާތްތަކަށްވެސް އެ ނަންބަރަށް ޚިޔާލު ފޮނުވޭނެ ކަމަށްވެސް އާސަންދައިން ބުނެއެވެ.