ކުޅިވަރު

ޗެލްސީގެ ކޯޗަކަށް އެޓީމުގެ ކުރީގެ ތަރި ލަމްޕާޑް ހަމަޖައްސަނީ!


ހުސްވެފައިވާ ޗެލްސީގެ ކޯޗުގެ މަގާމަށް ކުރީގެ ތަރި ލަމްޕާޑް އަންނަ ހުކުރު ދުވަހު ހަމަޖައްސާނެ ކަމަށް އިނގިރޭސި މީޑިއާތަކުން ބުނަން ފަށައިފި އެވެ.

މިދިޔަ ސީޒަންގައި އަލަށް ކޯޗިންގެ ދާއިރާއަށް ނުކުތް ފްރޭންކް ލަމްޕާޑްގެ މިހާރުގެ ޓީމު ޑަރބީން ވަނީ ޗެލްސީއަށް ލަމްޕާޑާ ވާހަކަ ދެއްކުމުގެ ހުއްދަ ދީފަ އެވެ.

ނަމަވެސް ޑަރބީން ލަމްޕާޑް ދޫކޮށްލާނީ ބަދަލެއްގެ ގޮތުގައި ހަތަރު މިލއަން ޕައުންޑް ޗެލްސީން އެ ކްލަބަށް ދިނުމުން ނެވެ.

ޗެލްސީގެ ތާރީހުގައި އެ ކްލަބަށް އެންމެ ގިނަ ލަނޑު ޖަހާދީފައިވާ ކުޅުންތެރިއާކަމަށްވާ ލަމްޕާޑްވަނީ މިދިޔަ ސީޒަންގައި ޑަރބީއާއެކު ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

އަދި އޭނާ ޗެލްސީގެ ކޯޗުގެ މަގާމާ ހަވާލުވަނީ ތިން އަހަރު ދުވަހުގެ މުއްދަތަކަށް، އަހަރަކު ހަތަރު މިލިއަން ޕައުންޑްގެ މުސާރައަކަށްކަމަށް ރިޕޯޓްތައް ބުނެ އެވެ.