މުނިފޫހިފިލުވުން

އިޝްގު ވިޝްކްގެ ސީކުއެލްގައި ޝާހިދު ކޮއްކޮ އިޝާން


ޝާހިދު ކަޕޫރުގެ ކާމިޔާބު ފިލްމްތަކުގެ ތެރޭގައި ހިމެނޭ އިޝްގެ ވިޝްކްގެ ސީކުއެލްގެ ލީޑް ރޯލުން އޭނާގެ ކޮއްކޮ އިޝާން ކައްތަރު ފެނިދާނެކަމަށް ބެލެވެން ފަށައިފިއެވެ.

ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯ ލީޑްރޯލުން ފެނިގެންދިޔަ އިޝްގެ ވިޝްކްގެ ސީކުއެލެ ނެރޭނެކަން އިއުލާން ކުރިތާ ދުވަސްކޮޅެއްވަނީ ވެފައެވެ.

ޒަމާނީ ރަހަތަކާއި އެކު އުފައްދާ މި ފިލްމް ޑައިރެކްޓްކުރަނީ ރަމޭޝް ތައުރާނީ އެވެ. މި ފިލްމުގެ ލީޑުން އިޝާނަށް ދިނުމަށް އޭނައާއި މަޝްވަރާކޮށްފައިވާކަމަށް ފިލްމެގެ ޕްޜޮޑަކަޝަން ޓީމުން ބުނެއެވެ.

މި ފިލްމުގެ މިހާރު ކުރިއަށް ފިލްމުގެ ސްކަރިޕްޓްގެ މަސަކަތެވެ.

2003 ވަނަ އަހަރު ނުކުތް އިޝްގް ވިޝްކަކީ އެއަހަރު ނުކުތް ކާމިޔާބު ފިލްމެކެވެ. ޝާހިދު ކަޕޫރާއި އަމްރިތާ ރާއޯގެ އިތުރުން އެމްޓީވީގެ ވީޖޭ ޝެހެނާޒް ފެނިގެން ފދިޔަ މި ފިލްމަކީ 50 މިލިއަން ރުފިޔާގެ ބަޖެޓުން ހެދި ފިލްމެކެވެ. ބޮކްސް އޮފީހުގައި ފިލްމަށް 122.63 މިލިއަން ރުފިޔާ ލިބިފައިވެއެވެ.