ޚަބަރު

ކުޑަކުއްޖަކު ވިހޭ މައްސަލަގައި ފިޔަވަޅުތަކެއް ވަނީ އަޅާފައި - ޖެންޑަރ


އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކު ވިހޭ މައްސަލަ ބަލާ މިވަގުތަޢް އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

މެދު ރާއްޖެތެރޭގެ ރަށެއްގައި އުމުރުން 16 އަހަރުގެ އަންހެން ކުއްޖަކު ވިހޭ މައްސަލަ ޖެންޑަރ ބަލަން ފެށި އެ ކުއްޖާ ވިއްސި ހޮސްޕިޓަލުން އެ މައްސަލަ މިނިސްޓްރީއަށް ހުށައެޅުމުންނެވެ. މި ކުއްޖާ ވިހޭ ދަރިފުޅުގެ ބައްޕައަކީ އުމުރުން 15 އަހަރުގެ ހަމަ އެރަށަށް ނިސްބަތްވާ ކުއްޖެއްކަމަށްވެއެވެ.

ޖެންޑަރ މިނިސްޓްރީން ވިދާޅުވީ އުމުރުން 16 އަހަރުގެ އަންހެން ކުއްޖާ ވިހޭ ދަރިފުޅަށް އެ މިނިސްޓްރީން އެހީތެރިކަން ފޯރުކޮށްދެމުން އަންނަކަމަށެވެ. އަދި އުމުރުން 16 އަަހަރުގެ އަންހެން ކުއްޖާއާއި 15 އަހަރުގެ ފިރިހެން ކުއްޖާއަށް ފިޔަވަޅުތަކަށް އަޅާފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އެހެންނަމަވެސް އެޅީ ކޮން ފިޔަވަޅުތަކެއްކަމެއް އެ މިނިސްޓްރީން އަކުން ވިދާޅެއް ނުވެއެވެ.

އެނގިފައިވާ ގޮތުގައި މި ދެކުދިން އެކުގައި އުޅޭތާ ދުވަސްތަކެއް ވަނީ ވެފައެވެ. މި އަންހެން ކުއްޖާގެ ދަރިފުޅުގެ ކުއްޖާގެ ޙާލު ރަނގަޅެވެ.