ކުޅިވަރު

ޕެރޫ ބަލިކޮށް ބްރެޒިލް ކުއާޓަރ ފައިނަލަށް


ފަހެއް ސުމަކުން ޕެރޫ ބަލިކޮށް ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ކުއާޓަރ ފައިނަލުން ބްރެޒިލް ޖާގަ ހޯދައިފި އެވެ.

ކޮޕާ އެމެރިކާ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖްގެ ފަހު މެޗުގައި ރޭ ބްރެޒިލް ކުޅުނު މެޗު ފަހެއް ސުމަކުން ކާމިޔާބުކުރި އިރު އެޓީމް މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދާފައިވަނީ ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައެވެ.

މިމެޗުގައި ބްރެޒިލްގެ ލަނޑުތައް އެޓީމަށް ޖަހައިދިނީ ކަސެމީރޯ، ރޮބާޓޯ ފިރްމީނޯ، އެވާޓަން، ޑެނީ އަލްވެސް އަދި ވިލިއަން އެވެ.

މިމެޗުން ލިބުނު ތިން ޕޮއިންޓާއެކު ބްރެޒިލް ގްރޫޕްގެ އެއްވަނަ ހޯދީ ޖުމްލަ ހަތް ޕޮއިންޓް ހަމަކޮށްގެން ނެވެ. ޕެރޫއަށް ލިބިފައިވަނީ ތިން މެޗުން ހަތަރު ޕޮއިންޓް އެވެ. މިނަތީޖާ އާއެކު ގްރޫޕް އޭގެ ތިން ވަނާގައި ގްރޫޕް ސްޓޭޖް ނިންމާލަން ޖެހުނުނަމަވެސް ޕެރޫއަށް ދެވަނަ ބުރުގެ ޖާގައެއް ލިބުމުގެ ފުރުސަތު އަދިވެސް އެބައޮތެވެ.

އެއީ ތިން ގްރޫޕުގެވެސް ތިން ވަނައަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެ ޓީމަށް މުބާރާތުގެ ދެވަނަ ބުރުން ޖާގަ ލިބޭނެތީ އެވެ. ޕެރޫއަށް ލިބިފައިވަނީ ހަތަރު ޕޮއިންޓާއެކު މައިނަސް ތިން ލަނޑެ އެވެ.