ޚަބަރު

އާއްމު ފާހާނަ ބަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ


މާލޭގެ އާއްމު ފާހާނަ ބަރިއެއްގެ ތެރޭގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެއެވެ.

ފުލުހުން ބުނީ ކުރަނގި ގޯޅީގައި ހުންނަ އާއްމު ފާހާނަ ބަރީގެ ތެެރޭގައި 54 އަހަރުގެ ފިރިހެނަކު ވެއްޓިފައި އޮތް ރިޕޯޓް ލިބިގެން ފުލުހުން ގޮސް އެމީހާ އޭޑީކޭއަށް ގެންގޮސްފައިވާކަމަށެވެ. އަދި އެ މީހާ މަރުވެފައިވާކަމަށް ހޮސްޕިޓަލުން ބުނެފައިވާކަމަށްވެސް ފުލުހުން ބުނެއެވެ.

މަރުވެފައި އޮއްވާ ފެނުނު މީހާގެ ބޭރު ފުށުން އެއްވެސް އަނިޔާއެއް ފެންނަން ނެތްކަމަށްވެސް ފުލުހުން ބުނެއެވެ. އަދި މި މައްސަލަ ތަހުޤީޤުކުރަމުން ގެންދާކަމަށްވެސް ފުލުހުން ބުނެއެވެ.