ޚަބަރު

ގެސްޓް ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކެއް އަތުލައިގެންފި


އއ. ތޮއްޑޫ ގެސްޓު ހައުސްއަކުން ގިނަ އަދަދެއްގެ ބަނގުރާފުޅިތަކަކާއި ބަނގުރާ ދަޅުތަކެއް އަތުލައިގެންފިއެވެ.

ފުލުހުން ވިދާޅުވީ ތޮއްޑޫ ގެސްޓު ހައުސްއެއްގައި ބަނގުރާ ގެންގުޅެ އޭގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ރޭގެ ވަގުތެއްގައި އެ ގެސްޓް ހައުސް ބަލައި ފާސްކުރި ކަމަށެވެ. އަދި ބަލާ ފާސްކުރިއިރު އެ ގެސްޓުހައުސް އިން ބަނގުރާ ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި 67 ފުޅި އާއި 74 ދަޅު ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެއެވެ.

މި މައްސަލާގައި ގުޅިގެން މީހަކު ހައްޔަރުކޮށްފައި ނުވިނަމަވެސް ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.