ވިޔަފާރި

އައި.އެމް.އެފްގެ ލަފަޔާ އެއްގޮތަށް ތަފާސް ހިސާބުތައް ޢާއްމުކުރަނީ


މޯލްޑިވްސް މަނިޓަރީ ފަންޑު، އައި.އެމް.އެފް ގެ ލަފަޔާ އެއްގޮަތަށް ރާއްޖޭގައި 'އެންހޭންސްޑް ޖެނެރަލް ޑޭޓާ ޑެސިމިނޭޝަން ސިސްޓަމް' ޤާއިމްކޮށްފިއެވެ.

އެގޮތުން އެންހޭންސްޑް ޖެނެރަލް ޑޭޓާ ޑެސިމިނޭޝަން ސިސްޓަމް މެދުވެރިކޮށް، ނޭޝަނަލް ސަމަރީ ޑޭޓާ ޕޭޖު، އެން،އެސް،ޑީ،ޕީގައި ތަފާސް ހިސާބުތައް ހިއްސާކުރަން މިހާރު ރާއްޖެއިން ވަނީ ފަށާފައެވެ.

މިއާ އެކު ފަސޭހަކަމާއި އެކު އެއްތަނަކުން ތަފާތު އެކި ވުޒާރާތަކުން ނެރޭ ތަފާސް ހިސާބުތައް ފެންނަން ހުންނާނެއެވެ. އެގޮތުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އަދި ފިނޭންސް މިނިސްޓްރީން އާއްމުކުރާ ތަފާސް ހިސާބުތައް މިހާރު ފަސޭހަކަމާއެކު އެން،އެސް،ޑީ،ޕީ ޕޭޖުން ފެންނަން ހުންނާނެއެވެ.

"އެންހާންސްޑް ޖެނެރަލް ޑޭޓާ ޑެސިމިނޭޝަން ސިސްޓަމް"އަކީ ދެފުށް ފެންނަ ފަދަ ގޮތަކަށް ތަފާސް ހިސާބުތައް ހިއްސާކޮށް، ތަފާސް ހިސާބުތައް އެކުލަވާލުމުގެ މަސައްކަތް ކުރިއެރުވުމަށް އައި.އެމް.އެފްގެ އެގްޒެކެޓިވް ބޯޑުން 2015ވަނަ އަހަރު ޤާއިމްކޮށްފައިވާ ސިސްޓަމެކެވެ.