ޚަބަރު

މާފުށި ޖަލުގައި ގައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީފި


މާފުށި ޖަލުގައި މިއަދު ޤައިދީއަކު ޖަލު އޮފިސަރަކަށް ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މާފުށި ޖަލުގައި ޤައިދީއަކު އޮފިސަރަކަށް ހަމަލާ ދިނުމާއި ގުޅިގެން އެ އޮފިސަރ އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ. ނަމަވެސް ޙަމަލާ ދީފައިވަނީ ކޮން އެއްޗަކުން ކަމެއް ކަރެކްޝަނަކުން ވިދާޅެއްނުވެއެވެ. އަދި ޖަލު އޮފިސަރަށް ލިބިފައިވަނީ ކިހާވަރެއްގެ ގެއްލުމެއް ކަމެއްވެސް އަދި ނޭނގެއެވެ.

ކަރެކްޝަނުން ވިދާޅުވީ ޖަލު އޮފިސަރަށް ހަމަލާދޭން ބޭނުންކުރި ތަކެތި ހޯދާފައިވާ ކަމަށެވެ. އަދި ޖަލުގެ ހާލަތު މިވަގުތު ޢާއްމު ޙާލަތަކަށް ގެނެސްފައިވާ ކަމަށްވެސް ކަރެކްޝަނުން ވިދާޅުވެއެވެ. މި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އިންވެސް އަންނަނީ ތަހުގީގު ކުރައްވަމުންނެވެ.