ދިރާގެގެ މޯބައިލް ފޯން ޚިދުމަތްތަކަށް ބުރޫ އަރައިފިއެވެ.
މިއަދު ހެނދުނުން ފެށިގެން ދިރާގުން ނަންބަރުކަށް ގުޅުން އަދި މޯބައިލް ފޯނުން އިންޓަރނެޓްގެ ޚިދުމަތަށްވަނީ ބުރޫ އަރާފައެެވެ.
މިކަމާއި ގުޅޭގޮތުން ދިރާގުން ކޮށްފައިވާ ޓުވީޓެއްގައި ބުނެފައިވަނީ ދިރާގުގެ މޯބައިލް ކަސްޓަމަރުންނަށް ޑޭޓާގެ ޙިދުމަތް އަދި ފޯން ކޯލްތައް ކުރުމުގައި ދަތިތަކެއް ދިމާވުން އެކަށީގެންވާ ކަމަށާއި، ވީހާވެސް އަވަހަކަށް މި މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ދިރާގަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި މުވާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެއް ކުންފުންޏެވެ.