ޚަބަރު

މާއެނބޫގެ "ކާކު؟" އޮގަސްޓް 10 ގައި


މި އަހަރަކީ ދިވެހި ސިނާމާގެ ކިއުގައި ބިރުވެރި ފިލްމްތައް ގިނަ އަހަރެކެވެ. މަޝްހޫރު އެކްޓަރ، އަދި ޑައިރެކްޓަރ މުޙައްމަދު އަބޫބަކުރު (މާއެނބޫ) ވެސް މި ފަހަރު ސިނަމާތަކަށް އަންނަނީ ބިރުވެރި ފިލްމަކާއި އެކުއެވެ.

މީ ޕްރޮޑަކްޝަނާއި އެކު މާ މާއެނބޫ މިގަޖަރު ގެނެސްދެނީ ކާކު މި ފިލްމެވެ. މަހްދީ އަހްމަދުގެ ސްކްރިޕްޓަކަށް އުފައްދާ ބިރުވެރި ފިލްމް ކާކު ރިލީޒްކުރުމަށް ހަމަޖެހިފައވަނީ އަންނަ އޮގަސްޓްމަހުގެ 10 ވަނަދުވަހުއެވެ.

މާއެނބޫ ބުނީ ފިލްމުގެ ބޮޑެތި ހުރިހާ މަސައްކަތްތަކެއް މިހާރު ނިންމލާފައިވާކަމަށެވެ. އަދި މި ފިލްމުން ފެނިގެންދާނީ ރަހުމަތްތެރިން ތަކަކަށް ދިމާވާ ބިރުވެރި ކަންތައްތަކެއް ކަމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ބުނެއެވެ. މި ފިލްމްގެ ހުރިހާ މަންޒަރެއްވެސް ނަގާފައިވަނީ ހދ. ކުޅުދުއްފުށީގައެވެ.

ފިލްމީ ދާއިރާާ އާއި ރައްޓެހި މޫނުތަކެއް ފެނިގެންދާ ”ކާކު؟”ގެ ފުރަތަމަ ޓީޒާ މިހާރު ވަނީ ދައްކާލާފައެވެ. ފިލްމުގެ ކާސްޓުންނަށް ބަލާއިރު މަޝްހޫރު ހާމިދު އަލީ އާއި ވީޑިއޯ ލަވަތަކުން ފެނިފައިވާ އިބްރާހީމް ސޮބާ (ކުޑަސޮބާ) އާއި ޝާފިއު މުހައްމަދުގެ އިތުރުން އިރްފާނާ އިބްރާހީމް (އިރޫ) މި ފިލްމުން ފެނިގެންދާނެއެވެ. މީގެ އިތުރުން ދާއިރާއަށް އަލަށް ނުކުންނަ އައިޝާތު ޔާސިރާވެސް ފިލްމު "ކާކު؟" އިން ފެނިގެންދާނެއެވެ.

މިއަހަރު ދިވެހި ސިނަމާއަށް އަންނަން ހުރި ފިލްމުތަކަށް ބަލާއިރު ވީމީޑިއާގެ "ދައުވަތު" މުއާގެ "ލީނާ" އައިފިލްމްސްގެ "ބަވަތި" އަދި ޑްކްރެއިންގެ މާމުއި ހިމެނެއެވެ.