ކުޅިވަރު

މިސްޓަރ އޭޝިޔާ 2020 ރާއްޖޭގައި


އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް ނުވަތަ މިސްޓަރ އޭޝިޔާ 2020 ރާއްޖޭގައި ބޭއްވުމަށް ކުރި ބިޑް ރާއްޖެއިން ކާމިޔާބުކޮށްފިއެވެ.

މިބިޑް ރާއްޖެއިން ކާމިޔާބުކޮށްފައިވަނީ ނޭޕާލް އަދި ވިއެޓްނާމްއާއި ވާދަކޮށްގެންނެވެ. ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ސެކްރެޓަރީ ޖެނެރަލް އިސްމާޢިލް ރިފާޢު ވިދާޅުވީ ރާއްޖޭގައި މިމުބާރާތް ބޭއްވުމަށް އެންމެ ބޯޑު ބާރަކަށްވީ ސަރުކާރުގެ އާ ބަސް އޮތުންކަމަށެވެ. ނޭޕާލް އަދި ވިއެޓްނާމްގެ އެއްވެސް ބިޑެއްގައި ސަރުކާރު އާ ބަސް ނެތްކަމަށާއި މިކަން ވެގެން ގޮސްފައިވަނީ މިސްޓަރ އޭޝިޔާ 2020 ރާއްޖެއަށް ކާމިޔާބުކު ކުރުމުގައި އެންމެ ބޮޑު ބާރަކަށްކަމުގައެވެ.

އޭޝިޔާގެ ބޮޑީ ބިލްޑިން ފެޑެރޭޝަނުން ބަލާފައި ވަނީ މިއީ ރާއްޖޭގައި މިމުބާރާތް ބައްވާ ފުރަތަމަ ފަހަރަށްވެފަ، އެކޮމޮޑޭޝަންގެ ކަންތަށްތަށްވެސް ރާއްޖެއަށް މާ ފުރިހަމައަށް ކުރެވޭނެކަމަށް ގަބޫލް ކުރާތީކަމަށްވެސް ރިފާއު ފާހަގަކުރެއްވިއެވެ. މުބާރާތް ބޭއްވުމަށް މާލީ ގޮތުންވެސް ރާއްޖޭގެ ބިޑް މާ ކާމިޔާބުކަމަށާއި ކޮންމެ ގައުމެއްގެ އަދި ކޮންމެ ދީނެއްގެ މީހަކަށްވެސް މިމުބާރާތުގައި ބައިވެރިވެ، ރާއްޖެއަށް އައުމުގެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދީފައިވާކަމަށްވެސް ރިފާޢު ވިދާޅުވިއެވެ.

ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އިބްރާހިމް ވަހީދު ވިދާޅުވީ މިއީ ރާއްޖޭގެ ޓުއަރިޒަމް ޕްރޮމޯޓް ކުރުމަށްވެސް ލިބޭނެވަރަށް ރަގަނޅު ފުރުސަތެއްކަމަށެވެ.

ސަރުކާރުން މިއަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ އޭޝިއަން ބޯޑީ ބިލްޑިން އެންޑް ފިޒީކް ސްޕޯޓްސް ޗެންޕިއަންޝިޕް ބޭއްވުމަށް އެހީތެރިކަން ފޯރުކޮށްދެއްވާނެކަމަށް ބުނެފައިވާއިރު، މުބާރާތުގެ ހުރިހާކަމެއްވެސް ކުރާނީ ބޮޑީ ބިލްޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިންނެވެ. އަދި އެސޯސިއޭޝަންގެ ބޭނުންތަކާއި އެއްވަރަށް މުބާރާތް ރާއްޖޭގައި ބޭއްވުމަށް ހުރިހާ އެހީތެރިކަމެއްވެސް ފޯރުކޮށްދޭނެކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ.

މިސްޓަރ އޭޝިޔާ މުބާރާތުގައި އަށާވީސް ޤައުމްއަކުން 400 އަށް ވުރެއް ގިނަ ބޮޑީ ބިލްޑަރުން ބައިވެރިވާނެކަމަށް ލަފާކުރެވެއެވެ.